
އުތީމުގައި ގުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 03 އޭޕްރީލު 2026 - 15:37
ހއ އުތީމުގައި ގުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފިއެވެ.
އުތީމުގައި މި ސެންޓަރު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ސެންޓަރު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަބްދުލް ގަފޫރު އަހްމަދު އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި، އަލަށް ހުޅުވުނު އުތީމު އައުޓްރީޗު ސެންޓަރުގައި އެ މަރުކަޒުގެ ހުރިހާ ތަޢުލީމީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މިގޮތުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމަކީ ކީރިތި ގުުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެވެ.
7 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މި ކްލާސްތަކުގެ އިތުރުން، ގާރީ ކޯހުގެ ސެޓްފިކެޓް ލެވެލް 1 އަކުން ފެށިގެން ލެވެލް 4 އާ ހަމައަށް އެ ސެންޓަރުގައި ކިޔަވައިދެވޭނެއެވެ.
މި ސެންޓަރުގެ ޙިފްޒު ކްލާސްތަކަށް ދަރިވަރުން އިތުރުކުރުމަށް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
އެޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މަރުކަޒުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ކޯހަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކޮށް، ޤުރްއާން ކިޔެވުމުގެ ފެންވަރު ވަޒަންކުރުމަށްފަހު، އެންމެ އެކަށީގެންވާ ދަރިވަރުންނަށް ކްލާސްތަކުން ޖާގަ ދެވޭނެ ކަމަށްވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް
އޭޕްރިލް 5 ވަނަ ދުވަހުގެ ހެނދުނު 6 ޖަހަންދެން ކެމްޕޭންކުރުން މަނާވާނެ: އިލެކްޝަންސް ކޮމިޝަން
4 ގަޑިއިރު ކުރިން

ތިމާދޭ ވޯޓަކީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ދެވޭ ވޯޓަކަށް ހަދަންޖެހޭ: އެޗްއާރުސީޢެމް
6 ގަޑިއިރު ކުރިން

ރައީސް ޑރ މުއިއްޒުގެ އެންމެ އިސް އެއް ސިޔާސަތަކީ ރައްޔިތުންނަށް ދަތިވާ މައްސަލަތައް ހައްލުކޮށްދެއްވުން: މިނިސްޓަރ އަމީން
10 ގަޑިއިރު ކުރިން

500 މިލިއަން ޑޮލަރުގެ ސުކޫކު ސަރުކާރުން ދެއްކުމުން ގާސިމް ޝުކުރު އަދާކުރައްވައިފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)