logo

މިއަދު ބާއްވާ ހުރިހާ އިންތިހާބެއްގެ ނަތީޖާ އިއުލާންކުރާނީ ވަކިވަކިން، ފުރަތަމަ އިއުލާން ކުރާނީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ

profile

މުޙައްމަދު ފަޟްލޫން - 04 އޭޕްރީލު 2026 - 03:13

މިއަދު ބާއްވާ ހުރިހާ އިންތިހާބެއްގެ ނަތީޖާ އިއުލާންކުރާނީ ވަކިވަކިން ކަމަށާއި ފުރަތަމަ އިއުލާން ކުރާނީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

https://wamco.com.mv/

ލޯކަލް ކައުންސިލްތަކުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ބެހޭ މައުލޫމާތު ދިނުމަށް ރޭ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވަގުތީ ނަތީޖާ އިއުލާން ކުރާނީ 3 އިންތިހާބު ވަކިވަކިން ކަމަށެވެ. އެގޮތުން ފުރަތަމަ އިއުލާން ކުރާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ އަށްފަހު ދެން އިއުލާންކުރާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާއެވެ. އެއަށްފަހު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގުނު އިންތިހާބުގެ ނަތީޖާ އިއުލާންކުރެވިގެންދާނެ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ޖަހާއިރު ފެށިގެންދާއިރު، ހަވީރު 16:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ ކަމަށެވެ.

ކައުންސިލްގައި 225 ދާއިރާއެއްގެ 678 މަގާމަކަށް 1،368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،597 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

މި އިންތިހާބުތަކުގެ ވޯޓުލުމުގެ އިންތިޒާމްހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ޖުމްލަ 588 ފޮއްޓެއް ބަހައްޓައިގެން ވޯޓު ލެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުން ކުރިއަށްދަނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk