logo

ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ފުރުސަތު އޮންނާނެ: އީސީ

profile

މުޙައްމަދު ފަޟްލޫން - 04 އޭޕްރީލު 2026 - 03:13

މިއަދު ކުރިއަށްގެންދަން ހަމަޖެހިފައިވާ 3 އިންތިހާބުގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ ނަމަ އެ ފުރުސަތު ވޯޓްލާން ދާ އެންމެނަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

https://wamco.com.mv/

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ތެރެއިން، ކޮންމެ ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ފުރުސަތު ކޮންމެ މީހަކަުށްވެސް އޮންނާނެ ކަމަށެވެ.

ރޭ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒާހިދު ވަނީ 3 އިންތިހާބުގެ ވޯޓްލުން ކުރިއަށްދާއިރު ކޮންމެ މީހަކަށް 3 ކަރުދާސްކޮޅު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ވޯޓްލާން ދާ ކޮންމެ މީހަކަށް 3 ކަރުދާސްކޮޅު ދޭން ނިންމި ނަމަވެސް ހުރިހާ ވޯޓެއް ނުލައި އެއް އިންތިހާބަށް ނުވަތަ ދެ އިންތިހާބަށް އެކަނިވެސް ވޯޓް ދެވިދާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ، މީގެ ކުރިން 2021ގައި ލޯކަލް ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ އިންތިހާބުގައި، ފުރުސަތު އެގޮތަށް ދީފައިވާނެ ކަމަށެވެ.

މިއަދު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓްލާން އަންނަ މީހުންގެ ތެރެއިން ވަކި ވޯޓެއް ދޭން ބޭނުން ނުވާކަމަށް ބުނާ ފަރާތްތަކުން އެ ވޯޓްގައި ބައިވެރި ނުވި ނަމަވެސް އެކަން އިއުލާނުކޮށް ހާދިސާ ހިނގައިދިޔަ ގޮތުގެ ރިޕޯޓްގައި އެވާހަކަ ލިޔާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

މިއަދު ބާއްވާ އިންތިހާބުގައި 2 ލައްކަ އަށް ވުރެ ގިނަ މީހުންނަން ވޯޓް ލުމުގެ ހައްގު ލިބިގެންވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk