
ޕީއެސްޖީގެ ފޯވާޑް ޚަވިޗާ ކަވަރަޓްސްޚޭލިއާ ޗެލްސީ ކޮޅަށް ލަނޑުޖެމަށްފަހު އުފާފާޅުކުރަނީ..
ޚަވިޗާގެ ދެލަނޑާއެކު ޗެލްސީ އަތުން ޗެމްޕިއަން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން - 12 މާރިޗު 2026 - 01:32
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އާއި ވާދަކޮށް ފަސޭހަކަމާއެކު 5-2 ގެ ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގެ ލީގުބުރުގެ ހަވަނަ ޓީމުގެ ގޮތުގައި ރައުންޑް އޮފް 16 ގެ ޖާގައެއް ޗެލްސީ އިން ހޯދިއިރު، ޕީއެސްޖީ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން މޮނާކޯ ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފު ޗެލްސީ އިން ވަރުގަދަކޮށްފަށައި މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް މިހާފުގައި ޕީއެސްޖީ އިން ގެނައި ބަދަލުތަކާއެކު އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން ދެވަނަ ހާފުގައި ބަަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕީއެސްޖީގެ ފޯވާޑް ޚަވިޗާ ކަވަރަޓްސްޚޭލިއާ މިމެޗުގައި ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އުސްމާން ޑެމްބެލޭ. ވިޓީނިއާ އަދި ބްރެޑްލީ ބަކޯލާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މި މެޗުގައި ޗެލްސީގެ މަލޯ ގުސްޓޯ އަދި އެންޒޯ ފެނާންޑޭސް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕީއެސްޖީގެ ޚަވިޗާ ކަވަރަޓްސްޚޭލިއާ އެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ޗެލްސީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް
19 ގަޑިއިރު ކުރިން

ރަށުން ބޭރުގައި ބޯޑް ގްލިމްޓް އަތުން ބަލިވެ ސްޕޯޓިންއަށް ކުއާޓާގެ ފުރުސަތު ހަނިވެއްޖެ
19 ގަޑިއިރު ކުރިން

ލެވަކޫސަން އާއި އެއްވަރުވެ ޗެމްޕިއަންސް ލީގުގައި އާސެނަލް ދަމަހައްޓަމުންއައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައިސްފި
19 ގަޑިއިރު ކުރިން

ފަސޭހަކަމާއެކު ޓޮޓެންހަމް ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)