logo
އާސެނަލް އާއި ބަޔާ ލެވަކޫސަން ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި ބަޔާ ލެވަކޫސަން ވާދަކުރި މެޗުގެ ތެރެއިން..

ލެވަކޫސަން އާއި އެއްވަރުވެ ޗެމްޕިއަންސް ލީގުގައި އާސެނަލް ދަމަހައްޓަމުންއައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައިސްފި

profile

ހަސަން ޝަމްއޫން - 12 މާރިޗު 2026 - 01:05

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަން އާއި ވާދަކޮށް 1-1 ގެ ނަތީޖާއްކުން އެއްވަރުވެ ، މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އާސެނަލް އިން ދަމަހައްޓަމުންއައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައިސްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި އާސެނަލް އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދިއިރު. ބަޔާ ލެވަކޫސަން އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި ގްރީސްގެ އޮލިމްޕިއާކޯ 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި ދެމެޗު ވެސް 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އާސެނަލް އިންނެވެ.

ލެވަކޫސަންގެ ބަޔާ އެރީނަގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައި، މިހާފުގައި ލަނޑުޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އާސެނަލްގެ ބްރެޒިލް ފޯވާޑް ގެބްރިއަލް މާޓިނެއްލީއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފުގައި ލެވަކޫސަން އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ދެވަނަ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ރޮބަޓް އެންޑްރިޗް އެވެ.

އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކައި ހަވާޓްޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އާސެނަލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk