
ބޯޑޯ/ގްލިމްޓް އާއި ސްޕޯޓިންގ ލިޒްބަން ވާދަކުރި މެޗުގެ ތެރެއިން..
ރަށުން ބޭރުގައި ބޯޑް ގްލިމްޓް އަތުން ބަލިވެ ސްޕޯޓިންއަށް ކުއާޓާގެ ފުރުސަތު ހަނިވެއްޖެ

ހަސަން ޝަމްއޫން - 12 މާރިޗު 2026 - 01:08
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ނޯވޭގެ ބޯޑޯ ގްލިމްޓް އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން ބަލިވެ ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަންއަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ހަނިވެއްޖެއެވެ.
މުބާރާތުގެ ލީގުބުރުގެ ހަތްވަނަ ޓީމުގެ ގޮތުގައި މެންޗެސްޓާ ސިޓީ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދިއިރު. ބޯޑޯ ގްލިމްޓް އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް އިޓަލީގެ އިންޓަ މިލާން 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބޯޑޯ ގްލިމްޓުން ލީޑުހޯދީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ސޮންޑްރޭ ފެޓް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ފޯވާޑް އޮލޭ ބްލަމްބާގް ކާމިޔާބުކުރިއިރު، ތިންވަނަ ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކެސްޕަރ ހޯގް އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 3-0 ގެ ނަތީޖާއަކުން ބޯޑޯ ގްލިމްޓް ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ސްޕޯޓިންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޚަވިޗާގެ ދެލަނޑާއެކު ޗެލްސީ އަތުން ޗެމްޕިއަން ޕީއެސްޖީއަށް ފަސޭހަ މޮޅެއް
18 ގަޑިއިރު ކުރިން

ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް
19 ގަޑިއިރު ކުރިން

ލެވަކޫސަން އާއި އެއްވަރުވެ ޗެމްޕިއަންސް ލީގުގައި އާސެނަލް ދަމަހައްޓަމުންއައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައިސްފި
19 ގަޑިއިރު ކުރިން

ފަސޭހަކަމާއެކު ޓޮޓެންހަމް ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)