ހުޅުމާލޭ ފޭސް 1 ގައި "ސްޕޯޓްސް ޕާކް" ގެ މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 30 މާރިޗު 2026 - 06:57
ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު'ގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ވަނީ އިއްޔެ ހަވީރު ހުޅުމާލޭ ފޭސް އެކެއްގައި ބާއްވާފަ އެވެ.
ސްޕޯޓްސް ޕާކް ތަރައްގީކުރަނީ ހުޅުމާޅޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ކަމަށެވެ.
ސަރުކާރުން ތަރައްގީ ކުރަމުން އަންނަ މި ޕާކު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑިސީންނެވެ.
ޕާކު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމާއި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެޗްޑީސީއިން ބުނީ މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ތަންތަންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމްކުރާ ޕާކެެއް ކަމަށެވެ.
އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލުމަށް ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓުގައި ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓަކާއި ޕާކިން ޒޯނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް އެޗްޑީސީން ވަރަށް ފަހުން ވަނީ ކުޅިވަރު އެކުވެންޏެއް ވެސް ތަރައްގީކޮށް އާންމުންނަށް ހުޅުވައިލައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން 3މީހަކު ހައްޔަރު ކޮަށްފި
11 މިނިޓު ކުރިން

މެމްބަރުންގެ ރިކޯލް ވޯޓެއް ނެގުމުގެ ފުރުސަތު ދިނުމަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެންދާނެ ކަމެއް: ރައީސް
2 ގަޑިއިރު ކުރިން
ކުދިވިޔަފާރިތަކަށް ލޯނުދޭ ސްކީމެއް!
2 ގަޑިއިރު ކުރިން

ފުލުހުންގެ ޙިދުމަތަށް 93 އަހަރު!
ދުވަހެއް ކުރިން


.gif&w=3840&q=75)