logo

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން 3މީހަކު ހައްޔަރު ކޮަށްފި

profile

އައިމިނަތު ޒައިބާ - 30 މާރިޗު 2026 - 08:48

ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކާއި ގުޅިގެން ތިންމިހާކު ހައަޔަރު ކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފި ވަނީ ގދ. ހޯނޑެއްދޫ/ ފެހިވިނާމގެ، އަޒުހީމް ސައީދު (36އ) އާއި ޏ. ފުވައަމުލައް/ ދޫނޑިގަން. ގޯލްޑަންގޭޓް، ޢަލީ ޝަފާޒު(31އ) އާއި ސ.ހިތަދޫ ކުޅިބާލާގެ ، މުހައަމަދު ގުނަެިދު (47 އ)އެވެ.

މި މީހުންގެ ތެރޭގައި އަޒުހީމު ސައީދު (36އ) ހައަޔަރު ކޮަށްފައިވަނީ މީހެއްގެ ސޯޝަލް މީޑިޔާ ހެކްކޮށްގެން ، އެހެން މީހެއްގެ ނަމުގައި އެކަައުންޓެއް ހަދައި މީހެއްގެ ަތުން 3500 ރުފިޔާ މަކަރާއި ހީލަތުން ހޯދައިފައިވާ މައްސަލާގައިއެވެ، އެނާ ހައްޔަރު ކޮށަފައިވަނީ މި މާރިޝު މަހުގެ 12 ވަނަ ދުވަހުގައި އެވެ. މި މައްސަލާގައި ބަަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުުރު ކޮށްފައިއެވެ.

މިގޮތުުން އަލީ ޝަފާޒު (31އ) ހައްޔަރު ކޮށްފައިވަނީ ސޯޝަލް މީޑީޔާ ހެކްކޮށްގެން ، އެހެންމީހެއްގެ ނަމުގައި އެކައުންަަޓު ހަދައިގެން 4500 ރުފިޔާ މަކަަރާއި ހީލަތުން ހޯދި މައްސަލައިގައި އެވެ ، އެނާ ހައްޔަރު ކޮށްފައިވަނީ މި މަރިޝު މަހުގެ 27 ވަަނަ ދުވަހުގައި އެވެ. މި މައްސަލަޔާއި ގުޅިގެން އޭނާގެ ބަންދާއިމއދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މުހައްަމަދު ގުނައިދު (47އ) ހައަޔަރުކޮށްފަައިވަނީ ޑޮލަރުވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ ަތުން 29987 ރުފިޔާ ހޯދައިފައިވާ މައްސަލައާ ގުޅިގެން އެވެ. މިނާ ހައްޔަރުކޮށފައުވަނީ މި މަާރިޗު މަހުގެ 20 ވަނަ ދުވަހުގައެވެ އެނާ ހައްޔަރު ކޮށް ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުނަް ބަންދުގައި ބެއްހެޓުމަށް ވަނީ އަމުރުކޮަށްފައިއެވެ. ބަންދުގެ މުއްދަތު ހަމަވަނީ 2026 އެޕްރިލް 5 ވަނަ ދުވަހުގައިއެވެ.

މި ތިން މައްސަލަ ވެސަް ފުލުހުން ގެންދަނީ ތަހުގިގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk