ކުދިވިޔަފާރިތަކަށް ލޯނުދޭ ސްކީމެއް!

ރިޟްވާން މޫސާ - 30 މާރިޗު 2026 - 06:56
އެސްއެމްއީ ޑިޖިޓަލްއިން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ވޯކިންގ ކެޕިޓަލް ފައިނޭންސިންގ" ކުޅުދުއްފުށި ސިޓީގައި އިފްތިތާހްކޮށްފިއެވެ.
މިއީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހިންގުމުގެ ހަމަޖެހުން ދެމެހެއްޓުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސްކީމެކެވެ.
މި ފެސިލިޓީގެ ދަށުން 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާއިރު، ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ.
އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.
މީގެ އިތުރުން މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާތާ މަދުވެގެން 6 މަސްވެފައިވާ ވިޔަފާރިތަކަށެވެ.
އަލަށް ތައާރަފުކުރި ވޯކިންގކެޕިޓަލް ފައިނޭންސިންގ ފެސިލިޓީއަކީ ވިޔަފާރިތަކުގެ ކޭޝް ފްލޯ މެނޭޖްކުރުމަށާއި، މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން 3މީހަކު ހައްޔަރު ކޮަށްފި
8 މިނިޓު ކުރިން

މެމްބަރުންގެ ރިކޯލް ވޯޓެއް ނެގުމުގެ ފުރުސަތު ދިނުމަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެންދާނެ ކަމެއް: ރައީސް
2 ގަޑިއިރު ކުރިން
ހުޅުމާލޭ ފޭސް 1 ގައި "ސްޕޯޓްސް ޕާކް" ގެ މަސައްކަތް ފަށައިފި
2 ގަޑިއިރު ކުރިން

ފުލުހުންގެ ޙިދުމަތަށް 93 އަހަރު!
ދުވަހެއް ކުރިން


.gif&w=3840&q=75)