
ފުލުހުންގެ ޙިދުމަތަށް 93 އަހަރު!

ރިޟްވާން މޫސާ - 29 މާރިޗު 2026 - 07:41
ފުލުިހުންގެ ޙިދުމަތަށް 93 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
ފުލުހުންގެ ޙިދުމަތް ފަށާފައި ވަނީ އައް ޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933ވަނަ އަހަރު މާރޗް 29ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1933 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެކުލަވާލައި، އެ ޤާނޫނު އަސާސީގައި ފުލުހުންގެ މުއައްސަސާއެއްގެ މަސައްކަތް ބަށްޓަން ކުރަންވާނެ ގޮތަށެވެ.
މުއައްސަސާ ވުޖޫދުވެގެން އައީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން އުފެދުނު "ފުލުހުން މީހުންގެ ޤާނޫނު" އާއެކުގައެވެ. މި ޚިދުމަތް 1933ވަނަ އަހަރުގެ މާޗު މަހުގެ 29ވަނަ ދުވަހު ފެށީ މާލޭގެ 4 އަވަށަށް ބަހާލާގޮތަށް އެންމެ 120 މީހުންނާއެކެވެ. މިއަދު މުޅި ރާއްޖެއަށް ފެތުރިފައިވާ މި ޚިދުމަތުގައި އެތައް ހާސް ފުލުހުން ދަނީ ޚިދުމަތް ކުރަމުންނެވެ.
ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުވީ ސިފައިންގެ ޙިދުމަތާއެކު އެއް ބައެއްގެ ގޮތުގަ އެވެ. ނަމަވެސް 1960ވަނަ އަހަރު "ސިފައިންގެ އޮފީސް / ތަހުޤީޤާއި ބެހޭ ބައި" އުފެއްދުމާއެކު ދެ މުއައްސަސާގެ މަސައްކަތްތައް ވެސް ވަނީ މުޅިން ވަކިވެފަ އެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ފުލުހުންގެ ދައުރުކަމުގައި ބަޔާންކޮށްފައިވަނީ މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ، އެމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމާއި، ޖިނާއީ ކުށްތައް ތަޙްޤީގު ކުރުމާއި، ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މައްސަލަތައް ޝަރީޢަތަށް ހުށައެޅުމަށް ބޭނުންވާ ތައްޔާރީތައް ކުރުމާއި، ޤާނޫނު ނެގެހެއްޓުމެވެ.
ފުލުހުންގެ މައްޗަށް ޤާނޫނުން މަތިކުރާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާތަނަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާ ކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމް މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި
2 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި
2 ގަޑިއިރު ކުރިން

ފިޔޯރީގައި ގެނބިގެން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ!
5 ގަޑިއިރު ކުރިން

ފުލުހުން ކުރަނީ ގައުމީ ބުރަ މަސައްކަތެއް! އައްސަރިބަހާ ސާބަސް ރައްދުކުރަން: ރައީސް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)