
ފުލުހުން ކުރަނީ ގައުމީ ބުރަ މަސައްކަތެއް! އައްސަރިބަހާ ސާބަސް ރައްދުކުރަން: ރައީސް

ރިޟްވާން މޫސާ - 29 މާރިޗު 2026 - 04:20
ފުލުހުން ކުރަނީ ގައުމީ ބުރަ މަސައްކަތެއް ކަމަށާއި، ގައުމީ ޙިދުމަތުގައި ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތައް އައްސަރިހަބާ ސާބަސް ރައްދުކުރައްވާ ކަމަށް ފުލުހުންގެ އެންމެ މަތީ ވެރިޔާ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ
ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސުލް ޖުމްހޫރިއްޔާ އެކްސްގައި ކުރެއްވެވި ޕޯސްޓުގައި ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެވުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސްކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި ޢާއިލާއަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވަނީ ފުލުހުން ކުރައްވާ މަސައްކަތުގައި ނުވަތަ ދެއްވަމުން އަންނަ ޙިދުމަތުގައި ދޭސީ އެއް ބިދޭސީ އެއް ނުބަލައި އަމާން ކަމާއި ހަމަހަމަ ކަން މަތީ ގައި އިތުބާރާއެކު ގައުމީ ވާޖިބު އަދާކުރައްވަމުން އަންނަ ކަމަށްވެސް ވިދާޅުވެ ތައުރީފު ކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުންކަމަށެވެ
ދިވެހި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 1932 ދިވެހި ރާއްޖޭގެ ފުރަތަމަ ޤާނޫނު އާސާސީގެ ތެރެއިން އެކުލަވާލެވުނު "ފުލުހު މީހުން" ޤާނޫނާއެކުއެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާކިސްތާނުގެ މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 21 މީހުން މަރުވެ، 103 މީހުން ޒަޚަމްވެއްޖެ
9 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސް އިޞްލާޙު ގެންނަވައިފި
11 ގަޑިއިރު ކުރިން

އދގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ އިސް ވެރިންނަށް އެމެރިކާއިން ފުރުޞަތު ދީފި
ދުވަހެއް ކުރިން

ޕީއެންސީގެ އިންތިޚާބީ އަދި އިސް މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން މަޤާމުގެ އިޤްރާރުވެއްޖެ
ދުވަހެއް ކުރިން


