
ޕީއެންސީގެ އިންތިޚާބީ އަދި އިސް މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން މަޤާމުގެ އިޤްރާރުވެއްޖެ

އާމިނަތު ޝަޒްލާ - 18 ސެޕްޓެމްބަރު 2026 - 11:46
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުންނާއި، ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ލީޑަރޝިޕަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން މަޤާމުގެ އިޤްރާރުވެވަޑައިގެންފިއެވެ.
މި ބޭފުޅުން އިޤްރާރުވެވަޑައިގެންފައިވަނީ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްޞަ ސެޝަނެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ޖަލްސާގައި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ލީޑަރޝިޕަށް އައްޔަން ކުރެއްވި ބޭފުޅުންގެ އިތުރުން ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިން އަދި މަތީ މަޖިލީހަށް އިންތިޚާބުވި މެންބަރުން ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ.
ޕީއެންސީގެ އިސް ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ގޮތުގައި އިޤްރާރުވެވަޑައިގަތީ، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ނައިބު ރައީސުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަދި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާޙެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ކަމަށް މޫސާ ފަތުޙީ އާދަމް، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް މުޙައްމަދު ލަމްޢާން އަދި ޚަޒާންދާރުގެ މަޤާމަށް ޙުސައިން ފަހުމީ ވަނީ އިޤްރާރުވެވަޑައިގެންފައެވެ.
ޕާޓީގެ އިންތިޚާބުވި 6 ނައިބު ރައީސުންގެ ގޮތުގައި އިޤްރާރުވެވަޑައިގެންނެވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފެވެ.
ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ ތެރެއިން ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރައްވާފައިވާ 7 މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރު، ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން، ޞިއްޙަތާއި އިޖުތިމާޢީ ޚިދުމަތްތަކާބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ (ގީލާ ޢަލީ)، ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙައްމަދު ޘަޤީފް (ތަލާލް) އަދި ދިވެހިރާއްޖޭން ޤަޠަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންގެ ތެރެއިން ޕާޓީގެ ރައީސް އައްޔަން ކުރައްވާފައިވާ 3 މެންބަރުންނަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު އަދި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލެވެ.
މި ބޭފުޅުންގެ އިތުރުން ޕީއެންސީގެ މަތީ މަޖިލީހަށް އިންތިޚާބުކޮށްފައިވާ މެންބަރުންނާއި، އަންހެނުންގެ ރޫޙުގެ އިސް ބޭފުޅުންނާއި، ޒުވާނުންގެ ރޫޙުގެ އިސް ބޭފުޅުންގެ އިތުރުން ސްޓިއަރިންގ ކޮމިޓީތަކާއި އެކި ދާއިރާތަކުގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންވެސް ވަނީ މި ޖަލްސާގައި މަޤާމުގެ އިޤްރާރުވެވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

އދގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ އިސް ވެރިންނަށް އެމެރިކާއިން ފުރުޞަތު ދީފި
9 ގަޑިއިރު ކުރިން

ރާއްޖެ-މެލޭޝިއާ މަޝްވަރާތަކަކީ މުސްތަޤްބަލަށް އެޅުނު ވަރުގަދަ ބިންގަލެއް: ރައީސް
12 ގަޑިއިރު ކުރިން

ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެއް: ޚުޠުބާ
13 ގަޑިއިރު ކުރިން

ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެ ހޯދި ކުރިއެރުމަށް ފަސްޓްލޭޑީ ތައުރީފު ކުރައްވައިފި
ދުވަހެއް ކުރިން


