logo

ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެ ހޯދި ކުރިއެރުމަށް ފަސްޓްލޭޑީ ތައުރީފު ކުރައްވައިފި

profile

އާމިނަތު ޝަޒްލާ - 17 ސެޕްޓެމްބަރު 2026 - 13:18

ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ ފާހަގަކުރުމާ ގުޅިގެން، ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓްލޭޑީ ވިދާޅުވީ، ވަރުގަދަ ސިއްޙީ ނިޒާމެއް ބިނާކުރުމުގައި ބަލި މީހުންގެ ރައްކާތެރިކަން ނިހާޔަތަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. ދާއިމީ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކުން ކުރާ ދަތުރަކީ އުމުރަށް އުފުލަމުންދާ ބުރައެއް ކަމުން، ފަރުވާގެ ހުރިހާ ހަރުފަތެއްގައި ވެސް ރައްކާތެރިކަމާއި އެހީތެރިކަން ލިބިދޭންޖެހޭ ކަމަށް އެ ޕޯސްޓުގައި ވިދާޅުވި އެވެ.

View post on Twitter

މި އަހަރުގެ ޕޭޝަންޓް ސޭފްޓީ ދުވަހުގެ ޝިޢާރަކީ "ދާއިމީ ބޮޑެތި ބަލިތަކަށް ރައްކާތެރި ފަރުވާއެއް" ކަމަށް ފާހަގަކުރައްވަމުން، ރާއްޖޭގެ ސިއްޙީ ނިޒާމަށް ބަލާއިރު ގައިންގަޔަށް ނާރާ ބަލިތައް އިންތިހާ އަށް އިތުރުވެފައިވާ ކަންވެސް ފަސްޓްލޭޑީ ފާހަގަކުރެއްވި އެވެ. ދާއިމީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި އެހީތެރިކަމުގެ ތެރެއިން، ދުރާލާ ބަލިތައް ދެނެގަތުމާއި ފަރުވާގެ ކަންކަން ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިއްމުކަން ވެސް ސާޖިދާ ފާހަގަކުރެއްވި އެވެ.

ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، ބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ފަސްޓްލޭޑީ ވިދާޅުވި އެވެ. ސިއްޙީ ދާއިރާގެ ހަރަކާތްތެރިންނަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، ބަލި މީހުންނަށް ރައްކާތެރި މާޙައުލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވަމުން ފަސްޓްލޭޑީ ވަނީ ޕޯސްޓު ނިންމަވާލައްވައިފަ އެވެ.

https://wamco.com.mv/
tel:+9607331319