logo

މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

profile

އާމިނަތު ޝަޒްލާ - 16 ސެޕްޓެމްބަރު 2026 - 16:21

މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

https://wamco.com.mv/

އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ޙުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި މިއަދު ޙިއްޞާކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި، ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މީގެއިތުރުން، މާތްވެގެންވާ މައްކާއާއި އެ ސިޓީގެ ރައްޔިތުންނާއި އަޅުކަމަށް ގޮސްއުޅޭ ޢުމްރާވެރިން އަދި ޙައްޖާޖީން ރައްކާތެރިކުރުމުގައި ރޯޔަލް ސަޢޫދީ އެއަރ ޑިފެންސް ފޯސަސްއިން އަޅުއްވާ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ.

މިފަދަ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވަމުން، މިމައްސަލައިގައި އިތުރަށް މަސްރަޙު ގޯސްވިޔަނުދީ، ސުލްޙައާއި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319