logo

މޯލްޑިވްސް 2.0 ކުރިއަރައި ޑޮމޮކްރެސީގެ ރީތި އުސޫލާ އެއްގޮތަށް ފަސޭހަ ވެއްޖެ: ފަލާހު

profile

ރިޟްވާން މޫސާ - 16 ސެޕްޓެމްބަރު 2026 - 14:20

ޓެކްނޮލޮޖީގައި ރާއްޖެ ކުރިއަރައި މޯލްޑިވްސް 2.0ގެ ތެރެއިން ޑިމޮކްރެސީގައި ރީތީ އުސޫލާ އެއްގޮތަށް ވަރަށް ބޮޑުތަނުން ފަސޭހަވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ފަލާހު ވިދާޅުވީ މޯލްޑިވްސް ޑިޓަލައިޒޭޝަންގައި މޯލްޑިވްސް 2.0 ކުރިއަރާފައިވާ މިންވަރު މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތަކެއް ސަތޭކަ ބައެއްގެ ވޯޓުގެ ސައްހަ ނަތީޖާ ހާމަކުރެވުމުން އެނގިގެންދާ ކަމަށެވެ.

ފަލާހް އެ އިޝާރާތް ކުރެއްވެވީ ޕީއެންސީގެ ކޮންގްރެސްގައި ކޮންމެ މީހެއްވެސް ފޯނުން ވޯޓު ލެވޭނެ ނިޒާމެއް ތައާރަފްކޮށްފައިވާތީ އެކަމުގެ މައްޗަށެވެ.

ސޯޝަލް ސެންޓަރުގައި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕީއެންސީގެ ކޮންގްރެސްގައި ވޯޓުލަނީ ފޯނުގެ އެޕްލިކޭޝަނެއް މެދުވެރިކޮށް އެ މީހެއްގެ އަމިއްލަ މޮބައިލް ފޯނުންނެވެ. ވޯޓު ލާން ދީފައި ވަނީ ހަތް މިނިޓެވެ.

ފަލާހު ވިދާޅުވީ އެތައް ސަތޭކަ މީހުންލާ ވޯޓުގެ ނަތީޖާ ކުޑައިރުކޮޅެއްގެ ތެރޭގައި ލިބޭ ކަމަށާއި އެ މީހުން ވޯޓުލާ މަންޒަރު ވެސް އެ ތަނުން ފެންނަ ކަމަށެވެ. އެއީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ދަށުން ޒަމާނީ ވެފައި އޮތް މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ފަލާހު ސިފަ ކުރެއްވި އެވެ.

މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުން 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މަތީ މަޖިލިސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

މިއަދު ކުރިއަށް ގެންދަނީ ޕާޓީގެ އެކި ގުނަންތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ވޯޓް ނެގުމުގެ މަސައްކަތެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމަށް މިހާރު ވަނީ ހަ ބޭފުޅަކު އިންތިހާބު ކޮށްފަ އެވެ. އެއީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ފާތިމަތު ސައުދާ އާއި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ވަގުތަކު ނައިބު ރައީސަކަށް ހުންނަވާ ބޭފުޅަކާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުންނަކީ ވެސް ޕާޓީގެ ނައިބް ރައީސުންނެވެ. އެހެންވެ، އިންތިހާބުކުރި ހަ ބޭފުޅުންނާ އެކު ޖުމުލަ އަށް ނައިބު ރައީސުން ޕީއެންސީގައި ތިއްބަވާނެ އެވެ.

https://wamco.com.mv/
tel:+9607331319