
ޕީއެންސީ ކޮންގރެސް ވަރަށް ކާމިޔާބު، ދެން އޮތީ ދެވަނަ ދައުރަކަށް ރައީސް މުއިއްޒު ހޮވައިދިނުން: އަދުރޭ

ރިޟްވާން މޫސާ - 16 ސެޕްޓެމްބަރު 2026 - 14:18
ޕީއެންސީގެ އެތެރޭގެ އިންތިޙާބު ނުވަތަ ޕީއެންސީގެ ކޮންގްރެސް ވަރަށް ކާމިޔާބު ކަމަށާއި، ދެން ކުރިއަށް އޮތީ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހޮއްވަވައިދެއްވުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަދުރޭ ވިދާޅުވީ ޕީއެންސީގެ ކޮންގްރެސްގެ އެކިއެކި މަގާމުތަކަށް ވާދަކުރެއްވެވި ފަރާތްތަކުން ނަކާމިޔާބީ އާޢި ކުރިމަތިލެއްވި ފަރާތްތަކަށް ހާއްސަ ގޮތެއްގައި ނުތަނަވަސްކަމެއް ހުންނާނެ ކަމަށާއި، އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ބަލަންވީ ޕާޓީގެ ރައީސް އަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
އެއީ އިންސާނީ ތޮބީއީ ކަމަކަށް ވިއަސް ނާކާމިޔާބީއަކީ ކާމިޔާބުގެ ފެށުންކަމަށް ގަބޫލުކޮށް މަސައްކަތް ކުރުމަކީ ބުއްދިވެރިންގެ ގޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީ ސެނެޓުގެ 42 މަގާމަށް 120 މެމްބަރުން ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި ނައިބު ރައީސްގެ ހަ ގޮނޑި އާއި އަންހެނުންނަށް ހާއްސަ 10 ގޮނޑި އާއި ޒުވާނުންނަށް ހާއްސަ އަށް ގޮނޑި އަދި އާއްމު މެމްބަރުންނަށް ހާއްސަކޮށްފައިވާ 18 ގޮނޑި ހިމެނެ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސުންގެ ގޮތުގައި އަށް ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރެއިން ދެ ގޮނޑި ހާއްސަކޮށްފައިވަނީ، ޕީއެންސީގެ ވެރިކަމެއްގައި ނައިބު ރައީސަކަށް ހުންނަވާ ބޭފުޅަކަށް އަދި އެ ޕާޓީގެ ޕީޖީ ލީޑަރަށެވެ.
މިއަދުގެ އިންތިހާބުގައި ޕީއެންސީގެ ނައިބު ރައީސުންނަށް ވާދަކުރެއްވި އަށް ބޭފުޅުންގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލަށް ވަނީ ނާކާމިޔާބުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
7 ގަޑިއިރު ކުރިން

ތުރުކީވިލާތުގެ އޭކޭ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
8 ގަޑިއިރު ކުރިން

މޯލްޑިވްސް 2.0 ކުރިއަރައި ޑޮމޮކްރެސީގެ ރީތި އުސޫލާ އެއްގޮތަށް ފަސޭހަ ވެއްޖެ: ފަލާހު
9 ގަޑިއިރު ކުރިން

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ރައީސާ ބައްދަލުކޮށްފި
9 ގަޑިއިރު ކުރިން


