
ތުރުކީވިލާތުގެ އޭކޭ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރިޟްވާން މޫސާ - 16 ސެޕްޓެމްބަރު 2026 - 15:37
ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ)ގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައި ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ހިމެނޭ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ އޭކޭ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ޙުސައިން ޔައިމާނެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ އިތުރުން، ސަގާފީ ގޮތުން ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ހެބްރޯންގައި ހިންގި އަސްކަރީ އޮޕަރޭޝަން ނިންމާލުމަށްފަހު، އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން ފައިބައިފި
10 މިނިޓު ކުރިން

ރާއްޖޭގެ ބިމުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ޚިޔާނާތެއް: އެމްޑީޕީ ގަރާރު
20 ގަޑިއިރު ކުރިން
.webp&w=3840&q=75)
ނަތަންޔާހޫގެ ވެރިކަން ވައްޓާލަން ޔަހޫދީންނާއި އަރަބިންގެ އިއްތިޙާދަކަށް ގޮވާލައި މުޒާހަރާކޮށްފި
ދުވަހެއް ކުރިން

އަނެއްކާވެސް ޔަހޫދީން އީރާނަށް ހަމަލާދޭން ތައްޔާރުވެއްޖެ!
ދުވަހެއް ކުރިން


