logo

އަހަރުގެ މިހާތަނަށް އޮސްޓްރޭލިއާއިން ރާއްޖެއަށް 34،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

profile

އާމިނަތު ޝަޒްލާ - 17 ސެޕްޓެމްބަރު 2026 - 11:55

މިއަހަރުގެ މިހާތަނަށް އޮސްޓްރޭލިއާއިން ރާއްޖެއަށް 34،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ކުރިއެރުމާއެކު އޮސްޓްރޭލިއާ މިހާރު ވެފައިވަނީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށެވެ.

https://wamco.com.mv/

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮސްޓްރޭލިއާއިން މި މުއްދަތުގައި 34,142 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ޤައުމުން ޒިޔާރަތްކުރި 28,491 ފަތުރުވެރިންނާ އަޅާބަލާއިރު 19 އިންސައްތައިގެ އިތުރުވުމެކެވެ. މިއާއެކު، ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ 2.3 އިންސައްތަ ހިއްސާކުރަނީ އޮސްޓްރޭލިއާ މާކެޓުންނެވެ.

މިއަހަރުގެ ތެރޭގައި އެ ޤައުމުން އަންނަ ފަތުރުވެރިންގެ އަދަދަށް ވަނީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް އައިސްފައެވެ. އެގޮތުން ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން 17,737 ފަތުރުވެރިން އައިސްފައިވާއިރު، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. ސެޕްޓެމްބަރު 13 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,484,097 (އެއް މިލިޔަން ހަތަރުލައްކަ އައްޑިހަ ހަތަރު ހާސް ނުވަދިހަ ހަތެއް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޮސްޓްރޭލިއާ ފާހަގަކުރެވެނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މުހިންމު މާކެޓެއްގެ ގޮތުގައެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް އޮތް ޑިމާންޑް އިތުރުވަމުން ދިޔުމާ ގުޅިގެން، ރާއްޖޭގެ ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން ވަނީ މިއަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހު އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށާފައެވެ. މި ދަތުރުތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނާތީ، އަންނަ އަހަރުން ފެށިގެން އެ ކުންފުނީގެ އޭ330 މަރުކާގެ މަތިންދާބޯޓުގައި ކޮންމެ ހަފުތާއަކު ޝެޑިއުލް 1 ދަތުރު މެލްބަންއަށް ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
tel:+9607331319