logo

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމް މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

profile

މުޙައްމަދު ފަޟްލޫން - 29 މާރިޗު 2026 - 07:37

ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ހުޅުވައިދެއްވައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާއު އީއާހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އީއާރްގެ ޚިދުމަތްތަކާއި އެތަން ބައްލަވައިލައްވާފައެވެ.

https://wamco.com.mv/


ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ހުޅުވިގެންދިޔަ އައު އިމަރޖެންސީ ރޫމަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު 6 އެނދުގެ މައްޗައް އެކުލެވޭ އަދި ޕްރޮސީޖަރ ރޫމަކާއި ސްޓާފް ލައުންޖެއް ހިމެނޭހެން ބަލިމީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެހެން ތަރައްގީ ކޮށްފައިވާ ފެސިލިޓިއެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އިމަރޖެންސީ ފަރުވާ ދެމުންދިޔައީ އިމާރާތުގެ އެތޭރޭގައި އޮންނަ ވޯޑެއްގައި ވީނަމަވެސް އައު އީއާރްގެ ޚިދުމަތާއެކު ސީދާ އިމަރޖެންސީ ރޫމްގެ ވަންނަ ދޮރާ ހަމައަށް އެމްބިއުލާންސް ކައިރި ކުރެވި ކުއްލި ހާލައްތަކުގައި ބަލި މީހާއަށް ދެވޭ ފަރުވާ އަވަސްވެ ޚިދުމަތްދިނުމުގައި ލުއިފަސޭހަކަމެއް ލިބިގެންދާނެއެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހު ތަފާތު އެކި ފަރުވާ ހޯދަން ޒިޔާރަތްކުރާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލްގެ ހިދުމަތްތައް ތަރައްގީ ވުމަކީ އުތުރުގެ ރައްޔިތުންގެ ބޭސްފަރުވާގެ ނިޒާމް ފުރިހަމަވެގެން ދިއުމަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk