logo

ފަރެސްމާތޮޑާ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި

profile

ރިޟްވާން މޫސާ - 28 މާރިޗު 2026 - 13:55

ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި، ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަަމަލީ މަސައްކަތް ފަށައިފިއެވެ.

https://wamco.com.mv/

ފަރެސްމާތޮޑާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.

މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާގައި ބިން ހިއްކުމާއި، ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ އެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން އެ ރަށުގެ 18 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 142.6 ރުފިޔާ އަށް 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 226.18 މިލިޔަން ރުފިޔާއަށް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މަޝްރޫޢު ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1,462 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 733 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk