
މަޑަވެލީގައި ބިންހިއްކުމުގެ މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 28 މާރިޗު 2026 - 07:16
ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މަޑަވެލީގައި ބިންހިއްކުމުގެ މަސައްކަތް ފަށްޓަވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ޙައްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މަޑަވެލި އަކީ އާބާދީގައި ގާތްގަނޑަކަށް 2000 މީހުން ދިރިއުޅެމުންދާ ރަށެކެވެ.
މަޑަވެލީގައި ބޭއްވި މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ޝަމީޒްއާއި، މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަންގެ އިތުރުން، ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޕްރޮޖެކްޓަކީ 174.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. ޖުމްލަ 400 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް މި މިމަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ.
މިއަދު ފެށި މި ޕްރޮޖެކްޓަކީ އެރަށުގައި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން، 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޑަވެލީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލްގެ ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
35 މިނިޓު ކުރިން
ރާއްޖޭގެ އެންމެ ފުންކޮށް ހިއްކާ އެއް ފަޅު "ގިރާވަރު ފަޅު" ހިއްކައި ނިމެނީ
3 ގަޑިއިރު ކުރިން
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
3 ގަޑިއިރު ކުރިން
ހުރުމުޒު ކަނޑު އޮޅި ބަންދުކުރުމަކީ އެޅުނު އެންމެ ވަރުގަދަ ފިޔަވަޅު: އީރާން
3 ގަޑިއިރު ކުރިން


.gif&w=3840&q=75)