ރާއްޖޭގެ އެންމެ ފުންކޮށް ހިއްކާ އެއް ފަޅު "ގިރާވަރު ފަޅު" ހިއްކައި ނިމެނީ

ރިޟްވާން މޫސާ - 28 މާރިޗު 2026 - 14:21
ރާޢްޖޭގެ އެންމެ ފުންކޮށް ހިއްކާ ފަޅުތަކުގެ ތެރެއިން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯރޓްސް ކޮމެޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ބުނެފި އެވެ.
ގިރާވަރު ފަޅުގައި ހުރެގެން އަސްލު ޓީވީ އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ މިވަގުތުވެސް ބިން ހިއްކުމުގެ ބިޔަ ޕްރޮޖެކްޓުތަކެއް ކުރިއަށް ގެންދަވާ ކަމުގަ އެވެ.
ޝަރީފް ވިދާޅުވީ ގިރާފަޅު ފަޅަކީ ހިއްކުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ސަރަހައްދެއް ކަމަށާއި، އެހެން ނަމަވެސް މި މަސައްކަތައް ދީފައިވާ ތާރީހަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ގިރާވަރު ފަޅުގެ ސަރަހައްދު ތަކުގަައި ފުންމިނުގައި ގާތްގަނޑަކަށް 25 މީޓަރަށް ވުރެ ފުންކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ މިވަގުތު ހިއްކާފައި އޮތް ސަރަހައްދު ނުފެނުނަސް ފެނުގެ އަޑިއަށް ގާތްގަނޑަކަށް ފަނަރަ ވަރަކަށް މީޓަރު އަޑިން ހިއްކާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ބިން ހިއްކުމުގެ މި މަޝްރޫއަށް އަމަލީ ސިފަ ފެނި ބާރު ސްޕީޑުގައި ހިއްކާ މަންޒަރު ފެނިގެންދާނެ ކަމަށެވެ.
ދުނިޔޭގެ ފާހަގަ ކޮށްލެވޭ އެންމެ ކޮލެޓީ ތިން ޑްރެޖަރެއް މި ޕްރޮޖެކްޓުގައި ބޭނުން ކުރައްވަމުން އަންނަ ކަން ފާޖހަގަކުރައްވައި ޝަރީފް ވިދާޅުވީ ގިރާވަރު ފަޅުގައި އެމްއޭސީއެލްއިން ހިއްކަން ހަމަޖެހިފައިވާ 97 ހެކްޓަރުގެ ތެރެއިން މިވަގުތު ފެނުން މައްޗަށް 35 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަނީ މި ކަމަކީ ރާއްޖޭގެ ހުރިހައި ރައްޔިތުންނާއި ގުޅުން ހުރި ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެމްއޭސީއެލް އިން ހާއްސަ އިސް ކަމެއް މި މަސައްކަތައް ދެއްވަމުން އަންނަ ކަމަށެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ހުރިހައި ފަރާތްތަކަށްވެސް ބޯހިޔާ ވަހިކަން ކަށަވަރުވާނެ ފަދަ ގޮތަކަށް މި މަޝްރުއުތައް ކުރިއަށް ގެންދާ ކަމަށާއި، މި ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭންތަކަށް ވެސް ބަދަލުތައް ގެނެސް އެންމެންނަށް ބޯހިޔާ ވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލްގެ ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
2 ގަޑިއިރު ކުރިން
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
5 ގަޑިއިރު ކުރިން
ހުރުމުޒު ކަނޑު އޮޅި ބަންދުކުރުމަކީ އެޅުނު އެންމެ ވަރުގަދަ ފިޔަވަޅު: އީރާން
5 ގަޑިއިރު ކުރިން

ޗާގޯސް ހޯދަން ރާއްޖެއިން އިންޓަރނޭޝެނަލް ކޯޓަށް!
9 ގަޑިއިރު ކުރިން


.gif&w=3840&q=75)