logo

ޗާގޯސް ހޯދަން ރާއްޖެއިން އިންޓަރނޭޝެނަލް ކޯޓަށް!

profile

ރިޟްވާން މޫސާ - 28 މާރިޗު 2026 - 09:42

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ރާއްޖޭން ބަލައިނުގަނެ، އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

https://wamco.com.mv/

ފޯޅަވަހި ނުވަތަ ޗާގޯސް އަކީ އަބަދުވެސް ދިވެހިންގެ ތަނެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ފޯޅަވަހި ދިވެހިންނަށް ހީޯއްދަވައި ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ދައްކަވާ ވާހަކަފުޅުތަކުގައި ވެސް ކޮންމެވެސް ވަރެއްގެ ބުރަދަނެއް އެބަހުއްޓެވެ. އެގޮތުން ފޯޅަވައްސަކީ މީގެ ކުރިން ދިވެހި ތާރީހުގައި އެނގެން އޮންނަ ގޮތުން ރާއްޖޭގެ ކުރިން ވެރިކަން ކުރެއްވެވި ބޭބޭފުޅުންގެ ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ދެބަސްވުންތައް އޮންނަތާ އަހަރުތަކެއް ފަހުން، މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ. އެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް، ފަހުން ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

ރާއްޖެއަށާއި ބޭރު ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް ޗާގޯސް މައްސަލަ އާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިޔަސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދަވަނީ ޗާގޯސްގެ މިލްކުވެރި ފަރާތަކީ ރާއްޖެކަމަށް ދެކޭ ކަމަށެވެ. އިނގިރޭސިވިލާތާއި އެމެރިކާގެ ނޫސްތަކަށް ދެއްވި އިންޓަވިއުތަކެއްގައި ވަނީ، ރާއްޖެއަށް ޗާގޯސް ހޯދުމާ ގުޅޭ ގޮތުން ވާހަަކަފުޅު ދައްކަވައިފައެވެ. މީގެ އިތުރުން އެމެރިކާގެ 'ނިއުސްވީކް'އާ ވެސް ވަނީ ޗާގޯސް މައްސަލައިގައި ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ވިދާޅުވަނީ ޗާގޯސް ލިބުން އެންމެ ހައްގުކަން ބޮޑީވެސް ދިވެހި ރާއްޖެއަށް ކަމަށެވެ.

އިނގިރޭސިންގެ އަތްދަށުގައި މިވަގުތު އޮތް ޗާގޯސް އިނގިރޭސި ވިލާތައް ލިބިފައި ވަނީ ދިވެހި ސަރުކާރާއެކު އެއްވެސް މަޝްވަރާކުރުމެއް ނެތި އެވެ. ރާއްޖޭގެ މަސްލަހަތުތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކުރުމެއް ނެތި، ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައި ސަރުކާރުން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ.

އެ ބަޔާނުގައި ވަނީ، ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމުން، މި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޓަކައި، އެ މައްސަލަ އައިސީޖޭއަށް ރަސްމީކޮށް ހުށަހެޅުމަށް ކުރެވޭނެ ކަންތައްތައް ސަރުކާރުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ޒަމާންވީ ބައިވެރިއެއްގެ ހައިސިއްޔަތުން އިނގިރޭސިވިލާތުން މި މައްސަލައިގައި ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުނީ، 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ ފަހުންނެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk