ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ރިޟްވާން މޫސާ - 28 މާރިޗު 2026 - 13:56
މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅުންނާއި އެމްއޭސީއެލްގެ އިސްވެރިންވެސް މި އިސްތިޤްބާލުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. ގިރާފަރު ފަޅު މަޝްރޫޢުގައި ޖުމުލަ 167.15 ހެކްޓަރުގެ ބިން އެ ފަޅުން ހިއްކައެވެ.
ބާރު ސްޕީޑުގައި މި މަސައްކަތް ކުރިއަށްދާއިރު އެމްއޭސީއެލްއިން މިހާރު މިވަނީ ޖުމުލަ 105 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. އެއީ ފޭސް 1ގެ %62.8 މަސައްކަތެވެ.
ރައީސުލްޖުމްހޫރިއްޔާ ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ހިމެނޭހެން ސަރުކާރުގެ ބައެއް ވަޒީރުންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެފަހުގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.
ގިރާވަރު ފަޅުން ޖުމްލަ 4072 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮޖެކްޓް މި ސަރުކާރަށް ވާރުތަވިއިރު، މުޅި މަޝްރޫޢުގައި ނިމިފައިވަނީ ފޭސް 1ގެ 167.15 ހެކްޓަރުގެ ތެރެއިން %41.8 މަސައްކަތެވެ. އެއީ 70 ހެކްޓަރުގެ ބިމެވެ. އެމްއޭސީއެލްއާ ހަވާލުކޮށް 97.15 ހެކްޓަރުގެ ބިން ވަނީ ހިއްކަން ހަވަލުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލްގެ ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
2 ގަޑިއިރު ކުރިން
ރާއްޖޭގެ އެންމެ ފުންކޮށް ހިއްކާ އެއް ފަޅު "ގިރާވަރު ފަޅު" ހިއްކައި ނިމެނީ
5 ގަޑިއިރު ކުރިން
ހުރުމުޒު ކަނޑު އޮޅި ބަންދުކުރުމަކީ އެޅުނު އެންމެ ވަރުގަދަ ފިޔަވަޅު: އީރާން
5 ގަޑިއިރު ކުރިން

ޗާގޯސް ހޯދަން ރާއްޖެއިން އިންޓަރނޭޝެނަލް ކޯޓަށް!
9 ގަޑިއިރު ކުރިން


.gif&w=3840&q=75)