
ހުޅުމާލޭގައި 704 ފުލެޓް ބެލެހެއްޓުން އެޗްޑީސީއަށް!

ރިޟްވާން މޫސާ - 27 މާރިޗު 2026 - 20:26
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 700 އަށްވުރެ ގިނަ ފްލެޓް ބެލެހެއްޓުމާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ޙަވާލުވެއްޖެއެވެ.
ހުޅުމާލޭގެ 704 ފުލެޓް އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއާއި އެޗްޑީސީއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މި ފުލެޓްތައް ހަވާލުކުރުމަށް އެއްބަސްވުމުގައި ދެފަރާތުންވެސް ސޮއިކޮށްފައިވަނީ މިމަހުގެ 24ވަނަ ދުވަހުގަ އެވެ.
މި އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ކުރަންޖެހޭނެ އެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 704 ފްލެޓާ އެޗްޑީސީން ޙަވާލުވިއިރު، ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓްތަކަކީވެސް އެޗްޑީސީން ބަލަހައްޓާ ތަންތަން ކަން ފާހަގަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ފަރެސްމާތޮޑާ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި
2 ގަޑިއިރު ކުރިން

ވޯޓު ފޮށިތަކާއި ލިޔެކިޔުންތައް ރަށްރަށަށް ފޮނުވަން ފަށައިފި
4 ގަޑިއިރު ކުރިން

މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނީ އަންނަ އޭޕްރީލް މަހު: މެޓް އޮފީސް
4 ގަޑިއިރު ކުރިން

ކެންދޫގައި ޕީއެންސީގެ ފަރާތުން ސައިކަލު ބުރެއް ބާއްވައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)