
ކެންދޫގައި ޕީއެންސީގެ ފަރާތުން ސައިކަލު ބުރެއް ބާއްވައިފި

މުޙައްމަދު ފަޟްލޫން - 27 މާރިޗު 2026 - 13:45
ބ. ކެންދޫގައި ޕީއެންސީ އިން ސައިކަލު ބުރު ބާއްވައިފިއެވެ.
ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ކެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކެންޑިޑޭޓުން މިއަދު ހަވީރު ވަނީ ސައިކަލު ބުރެއް ބާއްވާފައެވެ.
މި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޕީއެންސީގެ މެމްބަރުންނާއި އާއްމު ރައްޔިތުން ބައިވެރިވިއެވެ.
މިސައިކަލު ބުުރު އަސްލުޓީވީ އިން ވަނީ ވަގުތުން ގެނެސްދީފައެވެ.
ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ކެންދޫއިން ވާދަކުރާ ކެންޑިޑޭޓުންނަކީ:
ކައުންސިލްގެ ރައީސް ކެންޑިޑޭޓް ނަމްބަރު 2 އަހްމަދު ޝާން
ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 5 މުބާޝިރު އަބްދުއްރަހްމާން
ކައުންސިލް އަންހެން މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 4 ނާއިލާ ނިޒާރު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ
އ.ތ.މ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 1 ނަޒީރާ އަހްމަދު
އ.ތ.މ ކޮމިޓީގެ މެމްބަރު މެމްބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 3 ގަމަރިއްޔާ އަބޫބަކުރު
އ.ތ.މ ކޮމިޓީގެ މެމްބަރު މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 6 ނަޒީރާ އަލީ
މިރޭ 9:00 ގައި ކެންދޫގައި ޕީއެންސީގެ ފޯރިގަދަ ޖަލްސާ އެއް ބާއްވަން ވަނީ ނިންމާފައެވެ.
މި ޖަލްސާ އަސްލުޓީވީ އިން ލައިވް ކުރަން ވަނީ ހަމަޖެހިފައެވެ.
އަސްލުޓީވީގެ ފަރާތުން ކެންޑިޑޭޓް ގަޑީގެ ނަމުގައި ލޯކަލް ކައުންސިލްގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް އެއަރ ޓައިމް ވިޔަފާރި އުސޫލުން ވިއްކުމަށް ނިންމައި އެއަރ ޓައިމް ގަންނަ ފަރާތްތަކުން އިހްތިޔާރު ކުރައްވާ ޕެކޭޖް ޕްލޭނާ އެއްގޮތަށް އިވެންޓްތަކާއި ކެމްޕޭން މެޓީރިއަލްސް ދަނީ ގެނެސްދެމުންނެވެ. އެގޮތުން ހުރިހާ ޕާޓީތަކުން ނާއި މިނިވަން ކެންޑިޑޭޓުން ވެސް އަސްލު ޓީވީ އަށް މެއިލްކޮށްގެން އަދި ފޯނުން ގުޅައިގެން އެއަރޓައިމް ޕެކޭޖް ގަތުމަށް އެދެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބެލާވިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ
4 ގަޑިއިރު ކުރިން

ފޮޓޯ އާއި ވީޑިއޯ އަދި ޒާތީ މައުލޫމާތު މެދުވެރިކޮށް ބިރުދައްކުން އިތުރުވަމުންދާތީ ސަމާލުވާން އެދިއްޖެ
4 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ބޯހިޔާވަހިކަމަށް އެދި 9000 އަށް ވުރެ ގިނަ ފޯމް ހުށަހަޅައިފި: ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ
4 ގަޑިއިރު ކުރިން

ބާރަށު ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)