
ބެލާވިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ

މުޙައްމަދު ފަޟްލޫން - 27 މާރިޗު 2026 - 12:41
މިއަހަރުގެ އޯގަސްޓް މަހުން ފެށިގެން ބެލަރުސްގެ ގައުމީ އެއާލައިން، ބެލާވިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
ބެލާވިއާ އެއާލައިނުން ހާމަކުރި ގޮތުގައި، ރާއްޖެއަކީ ދުރު ރާސްތާގެ މަންޒިލްތަކުގެ ތެރެއިން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރެވޭ މާކެޓެކެވެ. އެގޮތުން، އަޖުމަބެލުމުގެ ގޮތުން ފަށާ މި ދަތުރުތަކުގެ ފުރަތަމަ މަރުހަލާގައި 6 އާއި 8 އާ ދެމެދުގެ އަދަދަކަށް ފްލައިޓް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި މި ދަތުރުތަކަށް ލިބޭ ތަރުހީބަށް ބަލައި، ކުރިއަށް އޮތް ތަނުގައި ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް ވަނީ ރާވާފައެވެ.
ދުނިޔޭގެ މަސްރަހަށް، ހާއްސަކޮށް މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ދަނީ ރާއްޖެއަށް ކުރާ ދަތުރުތައް ފުޅާކުރަމުންނެވެ. އެގޮތުން ބްރިޓިޝް އެއާވޭޒްއިން ހަފްތާއަކު ކުރާ ދަތުރުތަކުގެ އަދަދު ވަނީ ހަތަރަކަށް އިތުރުކޮށްފައެވެ.
ސްވިޒަލޭންޑްގެ އެޑެލްވައިސް އެއާލައިނުންވެސް އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް 20 ދަތުރު ކުރުމަށް ނިންމާފައިވާއިރު، އެއާ އިންޑިއާއިންވެސް ވަނީ ދުނިޔޭގެ ވައިގެ މަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން މާޗު މަހުގެ ތެރޭގައި އިތުރު 78 ދަތުރު ބާއްވާފައެވެ. މީގެ ތެރޭގައި އޭ320 ނިއޯ މަރުކާގެ ބޯޓުތަކުގައި ދިއްލީ އާއި މުމްބާއީ އިން މާލެއަށް ކުރި ދަތުރުތައް ހިމެނެއެވެ.
މީގެ އިތުރުން، ރަޝިއާގެ އެއިރޯފްލޮޓް އެއާލައިނުންވެސް ވަނީ މޮސްކޯއާއި މާލެއާ ދެމެދު ކުރާ ދަތުރުތައް އިތުރުކޮށްފައެވެ. މިއީ އެހެން ބައެއް އެއާލައިންތަކުގެ ދަތުރުތައް ކެންސަލްވަމުންދާ ދަނޑިވަޅެއްގައި، ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން ގެނައި ބަދަލެކެވެ.
ގުޅުން ހުރި ޙަބަރުތައް

ކެންދޫގައި ޕީއެންސީގެ ފަރާތުން ސައިކަލު ބުރެއް ބާއްވައިފި
2 ގަޑިއިރު ކުރިން

ފޮޓޯ އާއި ވީޑިއޯ އަދި ޒާތީ މައުލޫމާތު މެދުވެރިކޮށް ބިރުދައްކުން އިތުރުވަމުންދާތީ ސަމާލުވާން އެދިއްޖެ
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ބޯހިޔާވަހިކަމަށް އެދި 9000 އަށް ވުރެ ގިނަ ފޯމް ހުށަހަޅައިފި: ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ
3 ގަޑިއިރު ކުރިން

ބާރަށު ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)