logo

ބޯހިޔާވަހިކަމަށް އެދި 9000 އަށް ވުރެ ގިނަ ފޯމް ހުށަހަޅައިފި: ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ

profile

މުޙައްމަދު ފަޟްލޫން - 27 މާރިޗު 2026 - 12:40

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް މިހާތަނަށް 9،645 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މީގެ ތެރޭގައި އެންމެ ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ. އެގޮތުން ފްލެޓަށް 5،993 ފޯމު އަދި ގޯއްޗަށް އެދި 3،234 ފޯމު ވަނީ ހުށަހަޅާފައެވެ.

މީގެ ތެރޭގައި އެންމެ ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ.

ފްލެޓަށް 5،993 ފޯމު އަދި ގޯއްޗަށް އެދި 3،234 ފޯމު ވަނީ ހުށަހަޅާފައެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި މިހާރު ހުޅުވާލާފައިވާ ކެޓަގަރީތަކުގެ އިތުރުން، އޭޕްރިލް މަހުގެ 1 ވަނަ ދުވަހު އިތުރު ދެ ޕްރޮގްރާމަކަށް ފުރުސަތު ހުޅުވާލާނެއެވެ.

އޭގެ ތެރޭގައި "ގެދޮރުވެރިޔާ" ޕްރޮގްރާމްގެ ދަށުން ވަކި ގޯތިތަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީ ހިމެނެއެވެ.

މިހާރުވެސް 13،000 އަށްވުރެ ގިނަ ފޯމު ޕޯޓަލްގައި ޑްރާފްޓް މަރުހަލާގައި އެބަހުރިކަމަށް ވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ ނިޔަލަށެވެ.

މި ސްކީމްތަކަކީ މާލޭގެ ރަސްވެހިންނާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށްވެސްބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk