logo

ބާރަށު ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 27 މާރިޗު 2026 - 12:39

ހއ. ބާރަށު ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އާރުޑީސީ އިން ބުނެފައިވަނީ ބާރަށު ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ހަަސަން ރަޝީދު އެވެ.

އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

މި މަޝްރޫއަކީ ‏‏ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ހިންގޭ މަޝްރޫއެއް ކަމަށްވެސް އާރުޑީސީ އިން ވަނީ ބުނެފައެވެ.

އާރުޑީސީއިން މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk