
ކަނޑުގެ ސަރަހައްދު މޮރިޝަސް އަށް ދިނީ އެދިގެނެއްވެސް ނޫން، އެއީ ބޮޑު ހިޔާނާތެއް!

ރިޟްވާން މޫސާ - 09 މާރިޗު 2026 - 08:24
ކަނޑުގެ ބައެއް ދޫކޮށްލުމަށް ކުރީ ސަރުކާރުން މޮރިޝަސްއަށް ސިޓީ ފޮނުވުމަކީ، އެންމެ މަތީ ޚިޔާނަތު ކުށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖެއަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ.
ދަ ގްރޭޓަރ އައްޑޫ އިވެންޓުގައި ވާހަކަފުޅު ދައްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗާގޯސް މައްސަލާގައި ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތަށް އަލިއަޅުވާލައްވާފައެވެ. ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވަނީ އެކަމަށް މޮރިޝަސް ސަރުކާރުން އެދިގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ވަކީލުން އައްޔަންކޮށް މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލާފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި އޭރުގެ ސަރުކާރުން ދިވެހިރާއްޖެއަށް ގެއްލުންވާގޮތަށް އިޓްލޮސްއަށް މައްސަލަ ގެންގޮސް ނިންމަން ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކަނޑުގެ ސަރަހައްދު ދޫކޮށްލީވެސް އެކަމަށް 37 މިލިޔަން ރުފިޔާގެ ބޮޑު ޚަރަދެއް ކުރުމަށް ފަހު ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވެވުމަށް ފަހު އޭރުގެ ސަރުކާރުން މޮރިޝަސް ސަރުކާރަށް ފޮނުވި ސިޓީ އަނބުރާ ގެންދަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ސަރުކާރުން މިހާރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ ޓީމުން މިމައްސަލަ ބައިނަލްއަޤްވާމީ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާ އަބަދުވެސް ވިދާޅުވެލައްވަމުން ގެންދަވަނީ ޗާގޯސް ދިވެހިންނަށް ހޯއްދަވައި ދެއްވާނެ ކަމަށާއި، އެކަމާ އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ލޯކަލް ކައުންސިލާ ގުޅުވައި އެމްޑީޕީގެ މެނިފެސްޓޯ ނެރެފި
2 ގަޑިއިރު ކުރިން

މެދު ރާއްޖެތެރެއަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި
2 ގަޑިއިރު ކުރިން

"ދެ އިންތިޙާބު އެއްކޮށް ބޭއްވުން" ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރާނަން: ނާޒިމް
2 ގަޑިއިރު ކުރިން

މިއަދުން ފެށިގެން 10 ދުވަހަށް ސަރުކާރު ބަންދު
2 ގަޑިއިރު ކުރިން


.gif&w=3840&q=75)