logo

ލޯކަލް ކައުންސިލާ ގުޅުވައި އެމްޑީޕީގެ މެނިފެސްޓޯ ނެރެފި

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 08:23

ކުރިއަށް އޮތް ލޯކަލް ކައުްނސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޙާބަށް އެމްޑީޕީން އެޕާޓީގެ މެނިފެސްޓޯ ނެރެފި އެވެ

https://wamco.com.mv/

އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި އެޕާޓީގެ ބޮޑު ޖަލްސާގައި ކައުންސިލް އިންތިޙާބާއި ޑަބްލިޔޫ ޑީސީ ގެ އިންތިޙާބަށް އެޕާޓީގެ މާލޭގެ މެނިފެސްޓޯ ނެރެފއި ވަނީ "އަމާނާތްތެރި ހިދުމަތް، މާލޭ ސިޓީގެ ވިންދު" ގެ ނަމުގަ އެވެ.

މި މެނިފެސްޓޯ ބިނާކޮށްފައިވަނީ ތިން ދާއިރާއަކަށެވެ. އެއީ، ރައްޔިތުންނަށް ބާރާއި ފަހި ދިރިއުޅުމާއި ވިޔަފާރިއަށް ފަހިއެވެ. އެ ތިން ދާއިރާ ވެސް ވަނީ، އެކި ކަންކަމަށް ބަހާފައެވެ.

މާލޭގެ ދަތުރުފަތުރާއި މަގުތަކުގެ ނިޒާމަށް ބަލާއިރު، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ޕާކިންގް މައްސަލައަށް ހައްލު ހޯދުމަށް މަލްޓި-ޕާޕޯސް އަދި ގޭދޮށު ޕާކިންގް ތައާރަފުކުރުން ހިމެނެ އެވެ. ހަމައެހެންމެ، ބޭރުމަގު ފުޅާކުރުމާއި، ކޮމިއުނިޓީ ޕޮލިސިންގް އަދި ޓްރެފިކް މެނޭޖްމަންޓް ޔުނިޓެއް އުފެއްދުމަކީ ވެސް މެނިފެސްޓޯގެ މުހިންމު ބައިތަކެކެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ސިނަމާލޭ ފްލެޓުތައް ތަޅާލައި އަލުން ތަރައްގީކުރަން ފެށުމާއި މާލޭގައި ބާވެފައިވާ އިމާރާތްތައް ނައްތާލުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ ބޯހިޔާވަހިކަމުގެ ގައުމީ ނިންމުންތަކުގައި ކައުންސިލުގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމަށް މެނިފެސްޓޯގައި ރާވާފައިވެ އެވެ.

މެނިފެސްޓޯ ފަރުމާކޮށްފައިވަނީ މާލޭގެ މައްސަލަތަކަށް ދެމެހެއްޓެނިވި އަވަސް ހައްލުތައް ހޯދައިދޭ ގޮތަށް ކަމަށް އެ ޕާޓީން ބުނެއެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk