
މެދު ރާއްޖެތެރެއަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

ރިޟްވާން މޫސާ - 09 މާރިޗު 2026 - 08:20
މިއަދު މެދު ރާއްޖެތެރޭގެ ރަށްތަކަށް ވައި ނުސާފުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފި އެވެ
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ މެދު ރާއްޖެތެރެއަށް ވައި ނުސާވުމުގެ މައްސަލަ ރަގަނޅުވާނެ ކަމަށް ލަފާކުރެވޭނީ އަންނަ ބުދަ ދުވަހުގައި ކަމަށެވެ.
ވައި ނުސާފުވެ ދުންފުސް، ނުވަތަ ހޭޒްގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އައިކިއު އެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 147 އަށްވުރެ މަތީގައެވެ. އެއީ ނާޒުކު މީހުންނަށް ސިއްހަތަށް ގެއްލުންވާ މިންވަރަށެވެ.
ކުޅުދުއްފުށި ސިޓީގައި ވައިގެ ކޮލެޓީ 155 ގައި ހުރިއިރު މިއީ ނުރައްކަލުގެ ރަތް ސަމާލެކެވެ.
އެހެނިހެން ސަރަހައްދުތަކުގެ ތެރޭގައި އައްޑޫ ސިޓީ 84 މެދުމިނެއްގައި ހުރި އިރު ފުވައްމުލަކު ސިޓީ 71 މެދުމިނެއްގައި އަދި ތިނަދޫ ސިޓީ ތިނަދޫ ސިޓީ 66 ގައި މެދުމިނެއްގައި ހުރިކަން އައިކިއު އެއާއިން ދައްކަ އެވެ.
"ފޮގް ވުން" އަދި "މިސްޓް"އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައި ނުސާފުވެ، ސިއްހީ ގެއްލުންތައް ވެސް ލިބެއެވެ. މި ފަހުން ދުންފުހުގެ އަސަރުކުރާ މިންވަރު އަންނަނީ ބޮޑުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކަނޑުގެ ސަރަހައްދު މޮރިޝަސް އަށް ދިނީ އެދިގެނެއްވެސް ނޫން، އެއީ ބޮޑު ހިޔާނާތެއް!
2 ގަޑިއިރު ކުރިން

ލޯކަލް ކައުންސިލާ ގުޅުވައި އެމްޑީޕީގެ މެނިފެސްޓޯ ނެރެފި
2 ގަޑިއިރު ކުރިން

"ދެ އިންތިޙާބު އެއްކޮށް ބޭއްވުން" ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރާނަން: ނާޒިމް
2 ގަޑިއިރު ކުރިން

މިއަދުން ފެށިގެން 10 ދުވަހަށް ސަރުކާރު ބަންދު
2 ގަޑިއިރު ކުރިން


.gif&w=3840&q=75)