logo

ނޫސްތަކުގައި ބޭނުންހާ ވާހަކައެއް ނުލިޔެވޭނެ: ސައީދު

profile

ރިޟްވާން މޫސާ - 28 އޭޕްރީލު 2026 - 06:29

ނޫސްތަކުގައި ބޭނުންހައި ވާހަކަ ތަކެއް ނުލިޔެވޭނެ ކަމަށާއި، ނޫސްވެރިކަން ޒިންމާދާރު ކަމާއެކު ދެފުއް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ސައީދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އަދި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ވެސް ޖަވާބުދެއްވާފަ އެވެ.

ސައީދު ވިދާޅުވީ ނޫސްވެރިކަމުގެ ތެރެއިން މިނިވަން ކަމާއި ހަމަހަމަ ކަމާއެކު ނޫސްވެރިކަން ކުރުމަށް ހުރިހައި ނޫސްވެރިންނަށް ވެސް ހަނދާންކޮށްދޭ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ތެރެއިން އިޙްތިރާމް ހޯދަން ޖެހޭ ކަމަށާއި، އިޙްތިރާމް ދޭންވެސް ޖެހެން އެނގެންޖެހޭ ކަމަށެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާ ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތްކަމަށެވެ.

ނޫސްތަކުގައިވެސް ބޭނުން ވާހަކައެއް ބޭނުން އެއްޗެއް ލިޔަމުން ގެންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ނޫސްތަކުގައިވެސް ލިޔެވެން ޖެހޭނީ ޒިންމާދާރުކަމާއެކުކަމަށް ޤަބޫލްކުރައްވާކަމަށެވެ. އަދި ޚަބަރު ލިޔާ ފަރާތުގެ ޙައްގު އޮންނަ ފަދައިން އެމިންވަރަށް އެޚަބަރު ނިސްބަތްވާ މީހެއްގެވެސް ހައްގު އޮންނަކަން ޤަބޫލްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ތެރެއިން މީހުންގެ އަބުރަށް އަރައިގަނެ އަބުރު ކަލިތުމާއި، އެފަދަ ފަރާތްތައްކުގެ އަބުރު ކަތިލުމަށްފަހު މަގުމަތީގައި ދިރިއުޅެން ދަތިކުރުވުން ފަދަ ކަންކަން ރާއްޖޭގެ ނޫސްވެރިކަމުގެ ތެރެއިން ފެންނަން ފަށައިފި ކަމަށާއި، އަހުލާގީ މިންގަޑާއި ނޫސްވެރިކަމުގެ ހުދޫދުން ބޭރުން ޙަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk