logo

ޓެކްސީގެ އަގަށް ބަދަލުގެންނަން މަޝްވަރާ ކުރާނަން: މިނިސްޓަރ

profile

ރިޟްވާން މޫސާ - 28 އޭޕްރީލު 2026 - 06:00

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުވުމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، އަގަށް ބަދަލު ގެންނާނީ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް އިޤްތިޞާދީ އަދި ދަތުރުފަތުރާ ބެހޭ ވުޒާރައިން މިހަފްތާގައި ބޭއްވި ބައްދަލުވުމުގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ ދަތުރުފަތުރުގެ ދައިރާގެ މެންޑޭޓާއި ހަވާލުވުމަށް ފަހު މިމައްސަލައިގައި ޑްރަވަރުންގެ ފަރާތުން ސިޓީތައް ލިބިފައިވާކަން އެނގިވަޑައިގެންނެވި ކަމަށެވެ.

ޑްރައިވަރުްގެ ފަރާތުން ޓެކްސީގެ އަގުތަކަށް ބަދަލުތަކެއް ގެނެސް ދިނުމަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށާއި، ބައެއް ޑްރައިވަރުންގެ ކަންބޮޑުވުންތައް ވެސް ހުރި ކަމަށް ސައީދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިމައްސަލަގައި ގޮތެއް ނިންމެވުމުގެ ކުރިން މިކަމާގުޅޭގޮތުން ފުރިހަމައަށް މަޝްވަރާ ކުރެވެންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކެބިނެޓުގައި މިކަމާގުޅޭ މަޝްވަރާތައް ކުރައްވަންޖެހޭ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ޓެކްސީ ޤަވާއިދާއި ދަތުރުފަތުރާ ގުޅޭ އެހެން ޤަވާއިދުތައް ތަންފީޒުވުމުގެ މައްސަލައަށްވެސް ވަޒީރު ވަނީ އިޝާރާތް ކުރައްވާފައެވެ. ވަޒީރު ސަޢީދު ވަނީ ޤަވާއިދުގެ ތެރެއިން ކަމެއް ކުރަން ހިމެނިފައިވާނަމަ އެކަން ތަންފީޒުކުރަން ޖެހޭ ކަމަށާއި، އެކަން ކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަ އެކަން ހައްލު ކުރަންޖެހޭ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ޤައުމީ ފެންވަރެއްގައި ދަތުރުފަތުރުގެ ދައިރާގެ ހުރި މައްސަލަތައް ބެއްލެވުމަށް ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން ހުރިހާ ސަރަހައްދަކުން ކޮންސަލްޓޭޝަން ބައްދަލުވުންތަކެއް ބާއްވާ ގުޅިގެން މަސައްކަތްކޮށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ހަތަރުފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރުމުގެ މިސާލު ނަންގަވާ ވަޒީރު ވިދާޅުވީ މިހާރު ކަންކަން އިންތިޒާމުވެފައި އޮތް ގޮތުން އެންމެ އަވަހަށްވެސް އުޅަނދެއް ރަޖިސްޓްރީ ކުރެވެނީ 19 ދުވަސް ނުވަތަ 20 ދުވަހުން ކަމަށެވެ.

އެހެން ކަމުން މިފަދަ ކަންކަން އަވަސް ވާނެ އިންތިޒާމުތައް ހަމަޖައްސަވުމުގެ މުހިންމުކަން ވަޒީރު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk