logo

ނޫސްވެރިކަމުގެ މިނިވަންކަމަށް ފުލުހުން ހުރަސް ނާޅާނެ: ހޯމް މިނިސްޓަރ

profile

ރިޟްވާން މޫސާ - 28 އޭޕްރީލު 2026 - 07:19

ނޫސްވެރިކަމުގެ މިނިވަން ކަމަށް ނުވަތަ ނޫސްވެރިން ކުރަމުންގެންދާ މަސައްކަތްތަކަށް ފުލުހުން ހުރަސް ނާޅާނެ ކަމަށާއި، ފުލުހުން އަދާކުރަމުންދާނީ ފުލުހުންނާއި ހަވާލުކުރެވޭ ގައުމީ ވާޖިބު ކަމަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ހަޤީޤީ ނޫސްވެރިކަމުގެ މިނިވަންކަން ދެމިއޮންނާނީ ޒިންމާދާރުކަމާއެކު، އެއްވެސް ފަރާތެއް، އަދި ނޫސް އިދާރާއެއްވެސް ޤާނޫނަށްވުރެ މަތިން ނޯވެ ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވަނީ އަބުރު ކަތިލާ ނޫސްވެރިކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން ބޭނުންވަނީ ތެދު މަޢުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު ނޫސްވެރިކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ އިހުސާން މިފަދައިން ވިދާޅުވެފައިވާއިރު މިވަގުތު ލރާއްޖޭގެ މީޑިޔާ އޮންލައިން ނޫހެއް ކަމުގައިވާ އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްދެ ދަށުން ފުލުހުން ވަދެ އެތަން ބަލައި ފާސްކޮށްފައިވާއިރު އެތަނުގައި ޙަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޒާތުގެ ބައެއް ތަކެތި ފުލުހުން ވަނީ ގެންގޮސްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެފައި ވަނީ އެއޮފީސް ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް ވަނީ އެ އޮފީހުގައި ހުރި ބައެއް ތަކެތި ގެންގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ އަކީ އަދަދު ނޫހުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ބޭއަދަބީ ވާހަކަ ތަކެއް ދޭހަވާ ފަދަ ގޮތަކަށް އެކކުލެވޭ މަންޒަރާއި އަޑު ހުރި ވީޑިއޯ ޑޮކިއުމެންޓްރީއެއް ގެެސްދިނުމުގެ މައްސަލައެކެވެ.

މި ޑޮކިއުމެންޓްރީގައި ރައީސުލް ޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް އެމަނިކުފާނާއި، އަންހެން ކަނބަލަކު ބަދުއަހުލާގީ އަމަލު ހިންގި ވާހަކަ އާއި އެފަދަ އަމަލުތަކެއް ހިންގި ގޮތުގެ ތަފްސީލީ ވާހަކަތަކެއް ވެސް ގެނެސްދީފައި ވެއެވެ.

މިމައްސަލައިގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ދޮގު ތުހުމަތުތަކެއް ފެތުރި ނޫސް އިދާރާއެއްގެ މައި އޮފީސް ފާސްކުކޮށް ޖިނާއީ ކަމެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެންވާ ފުރިހަމަ ޙައްޤެއް ކަމަށެވެ. އަދި އެއީ އެ މުއައްސަސާގެ ވާޖިބެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ޤާނޫނު އަސާސީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު، މިއީ އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައިވާ މިނިވަންކަމެއް ނޫންކަން ފާހަގަ ކުރެއްވިއެވެ.

އަދި ވަކި ހުދޫދެއް ނެތި، މީހެއްގެ ޢިއްޒަތާއި އަބުރަށް އުނިކަން އަންނަ ފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވަނީ، ރައީސުލްޖުމްހޫރިއްޔާއާ މެދު "ޒިނޭ" ފަދަ ބޮޑު ތުހުމަތެއް އެއްވެސް ހެއްކެއް ނެތް ގޮތުގައި ކުރުމަކީ "ނޫސްވެރިކަން" ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި، ޢާއިލާއަށާއި، އަދި އެމަނިކުފާނު ފުރުއްވާ މަޤާމުގެ ހައިބަތަށް ދެވޭ ސީދާ ޙަމަލާއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މިފަދަ އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ފިތުނަ ފަސާދަ އުފެދުމުގެ ފުރުޞަތު އޮންނަކަން ފާހަގަކުރާއްވާ ދާޚީލީ ވަޒީރު ވިދާޅުވީ ޤާނޫނީ ސިޔާދަތު އޮންނަ ކޮންމެ މުޖުތަމަޢެއްގައިވެސް، އަބުރު ކަތިލުމާއި ދޮގު މަޢުލޫމާތު ފެތުރުން ފަދަ ޖިނާއީ ކުށްތައް ތަޙުޤީޤު ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބޭ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk