logo

އަދަދު ނޫހުގެ މެއިން އެޑިޓަރު ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފި

profile

ރިޟްވާން މޫސާ - 28 އޭޕްރީލު 2026 - 07:19

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓްވެސް ހިފަހައްޓައިފިއެވެ.

https://wamco.com.mv/

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކާއި ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށްފަ އެވެ. އަދި މިކަމާއި ގުޅިގެން ވަނީ އެ އޮފީހުގައި ނޫސްވެރިކަން ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

"އައިޝާ" ގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ވެސް ދޭހަވާ ފަދަ ގޮތަކަށް މި ޑޮކިއުމެންޓްރީ ގެނެސްދީފައިވާއިރު މިކަމާއި ގުޅިގެން ފުލުހުން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ކަމާއިބެހޭ އިދާރާ ތަކަށް ގޮވާލައްވާފަ އެވެ.

ހަސަންގެ ޕާސްޕޯޓް ހިފައްޓާފައިވާއިރު އެ ނޫހުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު 3 މަހަށް ހިފަހެއްޓުމަށް ކްތިމިނަލް ކޯޓުން ވަނީ އަމުރުވެސް ނެރަފައެވެ.

ކޯޓް އަމުރުގައިވަނީ ހަސަނުގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް އިއްޔެއިން ފެށިގެން އަންނަ ޖުލައިމަހުގެ 27 ނިޔަލަށް ހިފަހައްޓަން އަމުރުކުރާކަމަށެވެ.

މީގެއިތިރުން ޑޮކިއުމަންޓަރީ ނެރުމުގައި ހަސަންގެ ބައިވެރިވުން އޮތް ކަމަށާއި ހަސަން ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk