logo
ސްޓެލްކޯގެ  މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ޑރ އަޒްވަރު ހަމަޖައްސައިފި

profile

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 11:37

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ މިހާރުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

ޑރ. ޢަލީ އަޒުވަރަކީ ހަކަތައިގެ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގައި ފާހަގަކޮށްލެވޭ ފަންނީ ބޭފުޅެކެވެ. ސްޓެލްކޯގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ޑރ. އަޒުވަރު ވަނީ ސްޓްރެޓެޖިކް ލީޑަރޝިޕް، އޮޕަރޭޝަންސް، ފައިނޭންސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ ދާއިރާއިން އޭނާ ހާސިލުކުރައްވާފައިވާ ޢިލްމާއި ތަޖުރިބާގެ އަލީގައި، ރާއްޖޭގެ މައި ކަރަންޓު ކުންފުނީގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

1997 ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގަތް ޑރ. އަޒުވަރު ވަނީ އެ ކުންފުނީގެ ފަންނީ އަދި އިދާރީ އެކި ފަންތީގެ މަޤާމުތައް ފުރުއްވާފައެވެ. ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި ރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށް އެކަށޭނަ ސިޔާސަތުތައް ބައްޓަންކުރުމުގައި އޭނާ އިސް ދައުރެއް އަދާކުރައްވާފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk