logo
އިމާރާތް ކުރުމާއި ބިނާރާ ބެހޭ  ވަޒީރު ޑރ  އަބްދުﷲ މުއްތަލިބު / ފޮޓޯ: މަޖިލިސް

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު / ފޮޓޯ: މަޖިލިސް

ކަނޑުގަދަ ސަރަހައްދެއްގައި ބްރިޖް އެޅުމަކީ އެހާ ފަސޭހަކަމެއް ނޫން: ވަޒީރު ޑރ މުއްތަލިބު

profile

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 11:37

ކަނޑުގަދަ ސަރަހައްދެއްގައި ތިމަލާމާލެ ބްރިޖް ފަދަ ބްރިޖެއް އެޅުމަކީ ކޮންމެ ކޮންމެ ބަޔަަކަށް އެހާ ފަސޭހަކަމެއް ނޫން ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫއު ކުރިއަށްގެންދަން ހަވާލުވެފައިވާ ކޮންޓްރެކްޓަރަކީ އެފަދަ މަސައްކަތެއް މީގެ ކުރިން ކޮށްފައިވާ ފަރާތަކަށް ނުވާތީ އެފަރާތަށް ބްރިޖް އަޅަން ދަސްކުރަން ވަގުތު ނެގީ ކަމަށެވެ. އެކަންތައް އަދިވެސް ފެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް ނިންމަން ކަނޑައެޅި މުއްދަތާއި ކުރީ ސަރުކާރުން ބްރިޖް ނިމޭނެ ކަމަށް ކަނޑައަޅައި އިތުރަށް 30 މަސް ދިނުމުން ވެސް އެ 30 މަސްދުވަސް މިއަހަރުގެ މާޗް މަހަށް ހަމަވެގެންދިޔަ އިރުވެސް މަސައްކަތް ނިމިފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދަނީ ތިލަމާލެ ބްރިޖްގެ ކޮންޓްރެކްޓަރަށް އިތުރު ވަގުތު ދީގެން އެ މަސައްކަތް އަވަހަށް ނިންމުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk