logo
 އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު / ފޮޓޯ: މަޖިލިސް

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު / ފޮޓޯ: މަޖިލިސް

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސާލަންޖެހުނީ ކުރީ ސަރުކާރުގެ ސަބަބުން: ވަޒީރު ޑރ މުއްތަލިބު

profile

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 11:37

އެފްޑީސީގެ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސާލީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ފްލެޓްތަކުގެ އެގްރީމެންޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ފަސްކުރީ ކުރީ ސަރުކާރުން ގެޒެޓްކުރި ލިސްޓްގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކުރުން ކަމަށެވެ.

ކުރީ ސަރުކާރުގެ ވެރިކަން ނިމެން 2 ދުވަހަށް ވެފައި ވަނިކޮށް ފްލެޓް ލިސްޓް އިއުލާން ކުރުމަށްފަހު ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅައި އެއްސަފްހާގެ އެގްރިމެންޓެއްގައި ސޮއިކޮށްފައި ވެރިކަން ނިންމާފައި ދިޔައީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅައި އެގްރީމެންޓް ހެދި އިރު އޭގައި ނާއިންސާފެއްް އެކުލެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރީ ސަރުކާރުން ފްލެޓް ލިސްޓާއި އޭގެ އުސޫލު އާއްމުކުރި އިރު 76 މާކްސް އިން މަތިން މާކްސް ލިބޭ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށާއި އަދި 75 މާކްސް އިން މަތިން ލިބޭ ފަރާތްތަކަކީ ގުރުއަތުގައި ބައިވެރިކުރެވޭނެ ފަރާތްތައް ކަމަށް ބުނެފައިވެއެވެ. ނަމަވެސް 76 މާކްސް އަށް ވުރެ މަތިން ލިބިފައިތިބި 325 ފަރާތަކަށް ފްލެޓް އެލޮކޭޓް ނުކޮށް 75 މާކްސް ލިބިފައި ތިބި 315 ފަރާތަށް ފްލެޓް ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިސަރުކާރަށް އެކަން ފާހަގަވީ އެފްޑީސީ އަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާ އިން ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ލިސްޓްތައް ފޮނުވަން ފެށުމުގެ ތެރެއިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހާ ހިސާބުން 75 މާކްސް ލިބިފައި ތިބި ފަރާތްތަކުގެ އެގްރީމެންޓްތަކުގައި ސޮއިކުރުން މަޑުޖައްސާލަން އެފްޑީސީ އަށް އެންގި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެކަމަކީ ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަކީ އެއްވެސް ކަހަލަ ސިޔާސީ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އާއްމުކުރި ފްލެޓް ލިސްޓްގައި ފްލެޓް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk