
ނިއުކްލިޔަރ މުޢާހަދާގައި އީރާނަށް ނައިބްރައީސް ކަން ލިބިއްޖެ!

ރިޟްވާން މޫސާ - 28 އޭޕްރީލު 2026 - 07:52
ނިއުކްލިޔަރ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ މުޢާހަދާ (އެންޕީޓީ) މުރާޖާކުރުމަށް އެކުވެރި ދައުލަތްތަކުން (އދ) ބާއްވާ ކޮންފަރެންސްގެ ނައިބު ރައީސެއްގެ މަޤާމަށް އީރާން ހޮވުމާ ގުޅިގެން، އެމެރިކާއާއި އީރާނާ ދެމެދު ވަރުގަދަ ބަހުގެ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ.
އިއްޔެ ފެށި މި ބައްދަލުވުމުގެ ރިޔާސަތުން ބުނީ، އެންޕީޓީގެ މުރާޖާގައި ބައިވެރިވާ 34 ނައިބު ރައީސުންގެ ތެރެއިން މަޤާމެއް އަދާކުރުމަށް އީރާނަށް ފުރުޞަތު ދިނުމަށް ހުށަހަޅާފައި ވަނީ ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ ގުރޫޕުން ކަމުގައެވެ.
ނަމަވެސް، އެމެރިކާގެ ބިޔުރޯ އޮފް އާމްސް ކޮންޓްރޯލްގެ އެސިސްޓެންޓް ސެކްރެޓަރީ ކްރިސްޓޮފަރ ޔޯ ވަނީ، އީރާނުގެ ނިއުކްލިއަރ މަޝްރޫޢަކީ މުޢާހަދާއަށް އޮތް ގޮންޖެހުމެއްކަން ފާހަގަކުރައްވައި، މިއީ މުޅި ކޮންފަރެންސްގެ އިތުބާރު ގެއްލޭފަދަ ލަދުވެތި ނިންމުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށް، މިހާރުވެސް އޭގެ ޒަމާނީ ވަޞީލަތްތައް އިތުރުކުރަމުންދާ ޤައުމަކަށް، އެހެން ޤައުމުތަކުގެ ސުލްޙަވެރި މަޝްރޫޢުތަކާ ބެހޭގޮތުން ފާޑުކިޔުމުގެ ޝަރުޢީ ހައްޤެއް ނޯންނާނެ ކަމުގައި އެމެރިކާއިން ވަނީ ހާމަކޮށްފަ އެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ހަމައެކަނި މަދަނީ އަދި ސުލްޙަވެރި ބޭނުންތަކަށް ހިންގަމުންދާ ޕުރޮގުރާމެއް ކަމުގައެވެ. ނަމަވެސް، ހުޅަނގުގެ ބާރުތަކުން ތުހުމަތުކުރާ ގޮތުގައި، 2003 ވަނަ އަހަރާ ހަމައަށް އީރާނުން ދިޔައީ ހަތިޔާރު އުފެއްދުމުގެ ސިއްރު މަޝްރޫޢެއް ހިންގަމުންނެވެ.






.gif&w=3840&q=75)