
51 އޮޑިވެރިއަކަށް 53 މިލިޔަން ރުފިޔާ

ރިޟްވާން މޫސާ - 28 އޭޕްރީލު 2026 - 07:52
ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް އޮޑިވެރިންނަށް މިހާތަނަށް 53 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އާރުއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށް 99 ފަރާތަކުން ލޯނަށް އެދިފައިވާކަމަށެވެ. މީގެތެރެއިން 51 ފަރާތެއްގެ ލޯނު ވަނީ އެޕްރޫވްކޮށްފައެވެ.
އަދި މިހާތަނަށް އާރުއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށް 53 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމް ގާއިމްކުރުމަށްޓަކައި ސަރުކާރުން މިހާރު ހުޅުވާލާފައިވަނީ ވަރަށް ލުއި ފެސިލިޓީއެއްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައެވެ.
މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެމިލިޔަން) ރުފިޔާއާ ހަމައަށް ލޯނުދޫކުރެއެވެ.
މީގެކުރިން ހުޅުވާލި ފުރުސަތުތަކާއި ޚިލާފަށް އަލުން ހުޅުވާލި ފުރުޞަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށް ފުރުޞަތުވެސް ދެއެވެ. މިއާއެކު ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރު ލިބޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނިއުކްލިޔަރ މުޢާހަދާގައި އީރާނަށް ނައިބްރައީސް ކަން ލިބިއްޖެ!
4 ގަޑިއިރު ކުރިން

ނޫސްވެރިކަމުގެ މިނިވަންކަމަށް ފުލުހުން ހުރަސް ނާޅާނެ: ހޯމް މިނިސްޓަރ
5 ގަޑިއިރު ކުރިން

ނޫސްތަކުގައި ބޭނުންހާ ވާހަކައެއް ނުލިޔެވޭނެ: ސައީދު
6 ގަޑިއިރު ކުރިން

ޓެކްސީގެ އަގަށް ބަދަލުގެންނަން މަޝްވަރާ ކުރާނަން: މިނިސްޓަރ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)