logo

މިއަދުން ފެށިގެން 10 ދުވަހަށް ސަރުކާރު ބަންދު

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 08:18

މިއަދުން ފެށިގެން ރަމަޝާން މަހުގެ ފަހު ދިހައެއްގެ ދިހަ ދުވަހަށް ސަރުކާރު ބަންދު ވެއްޖެ އެވެ

https://wamco.com.mv/

ކޮންމެ އަހަރެއްގެ ރަމަޝާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ދިހަ ދުވަސް ކަނޑައެޅުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދު ފުޅެކެވެ.

ރަމަޟާން މަހުގެ ފަހު 10އަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން އަންގައިފައެވެ.

ރޯދަމަސް ފެށުނު ފަހުން ހަފުތާއެއްހައި ދުވަހު ކިޔަވައި ދިނުމަށް ފަހު ސްކޫލްތައް ބަންދުކުރީ މިދިޔަ މަހުގެ 26ގައެވެ. އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން ދެން ދަރިވަރުންނަށް ކިޔެވުން ފެށޭނީ މި މަހުގެ 23ވާ ހޯމަ ދުވަހުއެވެ.

މިއަހަރުގެ ރޯދަ މަސް ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk