logo

"ދެ އިންތިޙާބު އެއްކޮށް ބޭއްވުން" ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރާނަން: ނާޒިމް

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 08:19

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ވޯޓު ރައްޔިތުން ކާމިޔާބުކޮށްދޭނެ ކަމަށާއި އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންސީގެ މަންޗަންގޮޅި ދެކުނު ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ލަދުގަންނަވާލާ ވަރުގެ ބައްޔަކުން ބަލިކުރާނެ ކަމަށް އެމްޑީޕީން ބުނަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ކޮށްދޭ ކަމަކަށްވާތީ، ރައްޔިތުން އެކަން ބަލައިގަންނާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަނީ ކަމަށްބުނެ ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން މަސައްކަތްކުރަމުންދާ ކަމަށާއި ނަމަވެސް ހަގީގަތަކީ އެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. އަދި މިއީ ރާއްޖޭގައި އަލަށް ހިނގާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ އަހަން ވޯޓް ކަރުދާސް ދޫކުރާނެއެވެ.

މިއީ ތާރީހުގައި ވެސް މުޅިން އަލަށް ކުރާ ކަމެކެވެ.

ބޮޑު ދެ އިންތިހާބު އެކުގައި ބާއްވަން އަދުގެ ސަރުކާރުން ނިންމާފައިވަނީ އިންތިހާބު ތަކަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

ސަރުކާރުން ބުނީ ދެއިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން އަހަރަކު 120މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން އިންތިހާބުތަކަށް ކުރާ ހޭދަ ދެ އިންތިހާބު އެކުގައި ބޭއްވުމުން ކުޑަވެގެންދާނެ ކަަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk