logo
އަސްލު ޓީވީގެ  ޕްރޮޑަކްޝަން މެނޭޖަރ އައިމަން އަބްދުއްސައްތާރު / ފޮޓޯ: އަސްލު ޓީވީ

އަސްލު ޓީވީގެ ޕްރޮޑަކްޝަން މެނޭޖަރ އައިމަން އަބްދުއްސައްތާރު / ފޮޓޯ: އަސްލު ޓީވީ

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އަސްލު ޓީވީ އިން ހުރިހާ ކެންޑިޑޭޓުންނަށްވެސް ފުރުސަތު ދެނީ

profile

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 12:10

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އަސްލު ޓީވީ އިން ހުރިހާ ކެންޑިޑޭޓުންނަށްވެސް ފުރުސަތު ދޭން ނިންމައިފިއެވެ.

https://wamco.com.mv/

އަސްލު ޓީވީގެ މެނޭޖްމެންޓުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް އެއަރޓައިމް ވިޔަފާރި އުސޫލުން ދޭން ނިންމާފައެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ އެއަރ ޓައިމް ވިޔަފާރި އުސޫލުން ކެންޑިޑޭޓުންނަށް ވިއްކުމާއި ބެހޭ ގޮތުން ޕްރޮޑަކްޝަން މެނޭޖަރ އައިމަން އަބްދުއްސައްތާރު ވިދާޅުވީ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުދޭން ނިންމާފައިވާ ކަަމަށެވެ.

އަސްލު ޓީވީ މެދުވެރިކޮށް ލޯކަލް ކައުންސިލް ކެމްޕޭންގެ ކޮންޓެންޓް ދައްކަން ބޭނުންވާ ކެންޑިޑޭޓުން ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އައިމަން ވިދާޅުވިއެވެ.

ކެމްޕޭން މެޓީރިއަލްސް، ވީޑިއޯ، ލަވަ، އިންޓަރވިއު ފަދަ ތަކެތި ދައްކަން ބޭނުންވާ ފަރާތްތަކުން އަސްލުޓީވީ އަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ފުރުސަތު ހޯދަން އެދެވޭނެ ކަމަށް އައިމަން ވަނީ ވިދާޅުވެފައެވެ.

އަސްލު ޓީވީ އިން ލޯކަލް ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގެ ކެމްޕޭނާއި ގުޅުންހުރި ވީޑިއޯ އާއި ކޮންޓެންޓް ދައްކަން ބޭނުންވާ ފަރާތްތަކުން އަސްލުޓީވީ އަށް ގުޅައިގެން އަދި އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އައިމަން ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk