
ބޮޑުތަކުރުފާނު މަގުގެ އިރުމަތިފަރާތް ހެދުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 11:45
ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ޖެޓީ ސަރަހައްދުގެ މަސައްކަތްތައް އެމްޓީސީސީން މިއަދު ފަށައިފިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ.
ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.
މީގެ ތެރެއިން މިހާތަނަށް ފުރަތަމަ ދެ ސެގްމެންޓުގެ މަސައްކަތް ނިންމައި، އާއްމުންނަށް ހުޅުވާލާފައިވާއިރު، ތިން ވަނަ ސެގްމެންޓުން ފަސް ވަނަ ސެގްމެންޓަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް އެމްޓީސީސީން މިއަދު ވަނީ ފަށައިފައެެވެ.
ގުޅުން ހުރި ޙަބަރުތައް

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އަސްލު ޓީވީ އިން ހުރިހާ ކެންޑިޑޭޓުންނަށްވެސް ފުރުސަތު ދެނީ
4 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނު ކަމުގެ ކުށުގައި މީހަކު ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ޓީ.ބީ ނައްތާލުމަށް މަސައްކަތް ކުރައްވާނަން: ރައީސް
4 ގަޑިއިރު ކުރިން
55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިންމައި ޖުލައި މަހު ހުޅުވަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)