logo
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ހިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު / ފޮޓޯ: ރައީސް އޮފީސް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ހިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު / ފޮޓޯ: ރައީސް އޮފީސް

55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިންމައި ޖުލައި މަހު ހުޅުވަނީ

profile

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 11:41

55 ކައުންސިލް އިމާރާތުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ހިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލުޓީވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ 55 ކައުންސިލް އިދާރާގެ އައު އިމާރާތްތައް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އެގޮތުން ގިނަ ކައުންސިލް އިމާރާތްތަކުގެ ރޭނުމުގެ މަސައްކަތް ނިމިފައިވާއިރު އަނެއްބައި ކައުންސިލް އިދާރާގެ އިމާރާތްތައް ހިޔާކޮށް ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

55 ރަށެއްގެ ކައުންސިލް އިދާރާގެ އައު އިމާރާތް އަޅަން މިސަރުކާރުން ނިންމީ އެ ކައުންސިލްތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާތައް ގާއިމްކުރެވިގެންދިއުމާއެކު ކައުންސިލްތަކުގެ މަސައްކަތްތައް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަލަށް އިމާރާތްކުރެވޭ 55 އިމާރާތުގެ ސަބަބުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތަށްވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk