
ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނު ކަމުގެ ކުށުގައި މީހަކު ޖޫރިމަނާކޮށްފި

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 12:09
ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ކުށުގަައި ހުޅުމާލެ ފޭސް އެކަކުން މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ ބަލައިފާސްކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާ ކަަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި އޭނާ 2،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެހިޔާ ފްލެޓުތައް މަރާމާތުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި
3 މިނިޓު ކުރިން

ހޫނު ގަދަވާތީ ސަމާލުވެ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
3 މިނިޓު ކުރިން

ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ވައިގެ ސަރަހައްދު ސާފުކޮށްދީފި
4 މިނިޓު ކުރިން
ރާއްޖެއަށް ތެޔޮ އެތެރެ ކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: ތާރިގް
4 މިނިޓު ކުރިން


.gif&w=3840&q=75)