logo

ދޯނީގައި ރޯވި ހާދިސާގައި ފަސް މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

profile

ޝަހްޒާ މުޙައްމަދު - 14 ފެބްރުއަރީ 2026 - 12:54

ދޫނިދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ދޯނީގައި ތިބި 15 މީހުންގެ ތެރެއިން ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

https://wamco.com.mv/

މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:54 ހާއިރުއެވެ. ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވެ، ފަރުވާ ދެމުންދަނީ 2 ދިވެހިންނާއި 3 ބިދޭސީނަށްކަމަށެވެ.

މި މީހުން މާލެ ގެނައީ ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގެ އެހީގައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، 15 މީހުންނާއެކު ކ.ދޫނިދޫ ކައިރިން ދަތުރު ކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ މައުލޫމާތުލިބޭ ގޮތުގައި ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްވެފައެވެ. ނަމަވެސް އަދިވެސް އެއްކޮށް ނުނިވޭކަމަށް މައުލޫމާތުލިބެއެވެ.
އެ ސަރަޙައްދުގައި އެމްއެންޑީއެފްއާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk