logo

ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އަންގައިފި

profile

ރިޟްވާން މޫސާ - 14 ފެބްރުއަރީ 2026 - 16:37

މިއަދު މާލެއާ ކައިރިން 15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ދޯނި އަޑިއަށް ގޮސް ދޯނީގެ ބައެއް ތަކެތި އޮޔާދާތީ، ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

މިއަދު މެންދުރު ފަހު 14:55 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ދޯއްޏެއްގަ އެވެ.

ކުރުނބާ އައިލެންޑް ރިސޯޓު ކައިރިން މިއަދު ހިނގި މި ހާދިސާގައި 5 މީހަކަށް އެކިވަރުގެ އަނިޔާވެގެން އެ ރިސޯޓުގެ އުޅަނދެއްގައި އެ މީހުން ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފަ އެވެ.

އެމްއެންޑީއެފުން ވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ދޯންޏާއި ދޯނީގައިވާ ބައެއް ތަކެތި ކ. ދޫނިދޫގެ ހުޅަނދު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާދާތީ، ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެ ތަކެތި އޮޔާދާނެކަމަށް ލަފާކުރެވެނީ ދޯނި އަޑިއަށްދިޔަ ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށް، އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް، ވަކިން ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މި ހާދިސާ ހިނގީ ކިހިނެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk