logo

ރ.އިނގުރައިދޫ ކައުންސިލް ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓް އަޅައި ނިންމައިފި

profile

ރިޟްވާން މޫސާ - 14 ފެބްރުއަރީ 2026 - 16:15

ރ.އިނގުރައިދޫ ކައުންސިލް ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓް އަޅައި ނިންމައިފި އެވެ.

https://wamco.com.mv/

މި މަސައްކަތުގައި މިވަގުތު ކުރެވެމުން ދަނީ ރޫފް ބީމް އެޅުމަށް ތައްގަނޑު ޖެހުމުގެ މަސައްކަތް ކަމަށާއި، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތްވާގޮތުގެ މަތިން 55 ރަށުގައި ކައުންސިލްގެ އިދާރާ ޢިމާރާތްކުރުމަށް ކުރިޔަށްގެންދާ މަޝްރޫއެކެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިންގަމުންނެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ގައި ކައުންސިލް ތަކާއި، ޑަބްލިއުޑީސީގެ ގޮނޑިތަކަށް ޕީއެންސީ ގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަކީ ރަށްފުށުގެ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމުގައި ފާހަގަ ކުރައްވާފަ އެވެ.


https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk